ކުޅިވަރު

ވީއޭއެމް ކަޕް: ފަހުގެ ޗެމްޕިއަން ވެމްކޯ ސެމީއަށް

ވީއޭއެމް ކަޕް: ފަހުގެ ޗެމްޕިއަން ވެމްކޯ ސެމީއަށް

މެޗަށް ފަހު ވެމްކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ، ފޮޓޯ: އަދަދު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޭޕްރީލު 2025، 06:51

15 އޭޕްރީލު 2025، 06:51

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބާއްވާ ވީއޭއެމް ކަޕްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، މި މުބާރާތް އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިހާރު ނިމިފައިވާއިރު، ވެމްކޯ ވަނީ ކުޅުނު 3 މެޗުން 9 ޕޮއިންޓު ހޯދާފައެވެ. އެ ޓީމުގެ ތިންވަނަ މެޗުގައި ރޭ ސިޓީ ފްރެންޑްސް ކްލަބާ ބައްދަލުކޮށް، ސީދާ 3 ސެޓުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެ މެޗުގެ ސެޓުތައް ވެމްކޯއިން ކާމިޔާބުކުރީ 25-03، 25-12 އަދި 18-25 އިންނެވެ.

މި މުބާރާތުގައި ސެމީ ފައިނަލްގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީފައިނަލަށް ދަތުރުކުރި ހުރިހާ ޓީމެއް ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ. 

އެގޮތުން ގްރޫޕް އޭގެ އެއްވަނަ ޕޮލިސް ކްލަބުން ހޯދިއިރު، ގްރޫޕް ބީގެ އެއްވަނައަކީ ކްލަބް ވެމްކޯއެވެ. އަދި ގްރޫޕް އޭގެ ދެވަނައަށް ހުރާ ކޮމިއުނިޓީ ކްލަބުން ދިޔައިރު، ގްރޫޕް ބީގެ ދެވަނަ އަކީ ފްލެކްސަރ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ފައިނަލަށް ސީދާ ދަތުރުކުރާނީ ދެ ގްރޫޕުން އެއްވަނައަށް ދިޔަ ވެމްކޯ އާއި ޕޮލިސް ކްލަބް ބައްދަލުކޮށްގެން މޮޅުވާ ޓީމެކެވެ. އަދި މުބާރާތުގެ ދެވަނަ ސެމީގައި ދެ ގްރޫޕުން ދެވަނައަށް ދިޔަ ދެ ޓީމު ބައްދަލުކޮށްގެން މޮޅުވާ ޓީމެއް، ސެމީ ފައިނަލުގެ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީއިން ބަލިވި ޓީމާއެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ. 

މި މުބާރާތަށްފަހު ދެން އޮންނަ ވޮލީބޯލް ލީގަށް ކޮލިފައި ވާނީ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން ވެސް ގަދަ 3 ޓީމަށެވެ. އަދި ކޮންމެ ގްރޫޕެއްގެވެސް ފުލަށްދިޔަ ޓީމު ވާނީ ރެލިގޭޓެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS