Ads by Exprox

ޚަބަރު

މި މަހުގެ ނިޔަލަށް ބިދޭސީންގެ މަޢުލޫމާތު އަދާހަމަނުކޮށްފިނަމަ ބްލެކްލިސްޓު ކުރަނީ

މި މަހުގެ ނިޔަލަށް ބިދޭސީންގެ މަޢުލޫމާތު އަދާހަމަނުކޮށްފިނަމަ ބްލެކްލިސްޓު ކުރަނީ

ބަޔޯމެޓްރިކްސް ދިނުމަށް ބިދޭސީންތަކެއް ކިއުގައި--- ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޭޕްރީލު 2025، 07:32

15 އޭޕްރީލު 2025، 07:32

ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު މި މަހުގެ ނިޔަލަށް އަދާހަމަނުކޮށްފިނަމަ، ވަޒީފާދިން ފަރާތް ބްލެކްލިސްޓު ކުރާނެކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭހެން ބަޔޯމެޓްރިކްސް މަޢުލޫމާތު ނެގުމަށް މިދިޔަ އަހަރު ފެށި "ކުރަނގި" އޮޕަރޭޝަންގެ ތެރެއިން، މިއަދާ ހަމައަށް އައިއިރު އަދިވެސް ބައެއް ފަރާތްތަކުން އެ މަޢުލޫމާތު އަދާހަމަކޮށްފައެއް ނުވެއެވެ.

އެހެންކަމުން، މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ މަޢުލޫމާތު ޙިއްސާ ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި އެއްވެސް ސަބަބެއް ނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ އެމްޕްލޯޔަރުން އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ވެސް މިނިސްޓްރީން އަންގާފައި ވެއެވެ. 

އަދި އެއްވެސް ސަބަބަކާ ގުޅިގެން މި މަޢުލޫމާތު އަދާހަމަ ނުކުރެވޭނަމަ އެކަން ވެސް މި މަހުގެ ނިޔަލަށް މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފައެވެ.

"ކުރަނގި" އޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތުވަނީ އެއްކޮށްފައެވެ.

ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ރާއްޖެގައި އުޅެމުންދިޔަ 6700 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS