ކުޅިވަރު

ހޮޅުދޫ ބެޑްމިންޓަން މުބާރާތުގައި މި ފަހަރު ވެސް ގައުމީ ފެންވަރުގެ ކުޅުންތެރިން ފެންނާނެ

ހޮޅުދޫ ބެޑްމިންޓަން މުބާރާތުގައި މި ފަހަރު ވެސް ގައުމީ ފެންވަރުގެ ކުޅުންތެރިން ފެންނާނެ

މިދިޔަ އަހަރު ބޭއްވި ބާފާ އިންޓާރ އޮފީސް ބެޑްމިންޓަން ޗެލްންޖުގައި އަޖުފާން--- ފޮޓޯ: ބާފާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 އޭޕްރީލު 2025، 09:29

15 އޭޕްރީލު 2025، 09:29

ބާފާ އިންޓާރ އޮފީސް ބެޑްމިންޓަން ޗެލްންޖުގައި މި ފަހަރު ވެސް ޤައުމީ ފެންވަރުގެ ކުޅުންތެރިން ފެންނާނެކަމަށް، އެ މުބާރާތް ބޭއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބެންޔަންސް އެސޯސިއޭޝަން ފޯރ އޯލް (ބާފާ)ގެ ފަރާތުން ހާމަކޮށްފިއެވެ.

މި އަހަރުގެ މުބާރާތް މިއަންނަ މެއި މަހުގެ 8-12 އަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، މިއީ ވިދިވިދިގެން މި މުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ. 

މި މުބާރާތް ކުރިޔަށް ގެންދަނީ ރަށުގެ މުވައްސަސާތަކާއި ކައިރި ރިޒޯޓުތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެންނެވެ. އަދި ކޮންމެ ޓީމެއްގައި ރަށުން ބޭރު ނުވަތަ ރިޒޯޓުން ބޭރު 2 ކުޅުންތެރިން ހިމެނޭއިރު، މީގެ ކުރިން ވެސް މި މުބާރާތުގައި ބެޑްމިންޓަން ޤައުމީ ޓީމުގެ ކުޅުންތެރިން ކުޅެފައިވެއެވެ. 

ފާއިތުވި ދެ އަހަރު ޤައުމީ ފެންވަރުގެ ކުޅުންތެރިން ފެނިފައިވާއިރު، މިދިޔަ އަހަރު ވަނީ ރާއްޖޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު އާއި އޭނާގެ ކޮއްކޮ އައިޝަތު އަފުނާން ރަޝީދު ވެސް ވާދަކޮށްފައެވެ. 

މި މުބާރާތް ކުރިޔަށް ދަނީ ދެ ޑިވިޝަނަށެވެ. އެގޮތުން އެންމެ ފަހުން ބޭއްވި މުބާރާތުގައި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ފެނަކަ ހޯދިއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ހޮޅުދޫ މޭނާ ސްކޫލްއެވެ. 

ހޮޅުދޫ ބެޑްމިންޓަން މުބާރާތުގައި މި ފަހަރު ވެސް ގައުމީ ފެންވަރުގެ ކުޅުންތެރިން ފެންނާނެ

ބާފާ އިންޓާރ އޮފީސް ބެޑްމިންޓަން ޗެލްންޖުގެ އަންހެން ޑިވިޝަން މުބާރާތް 2024 ވަނަ އަހަރު ކާމިޔާބުކުރި ހޮޅުދޫ މޭނާ ސްކޫލުން އުފާފާޅު ކުރަނީ، ފޮޓޯ: ބާފާ

މުބާރާތާ ގުޅިގެން "ފަރުދުން" އަށް ދިން އިންތަވިއުއެއްގައި މުބާރާތް ބޭއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބާފާގެ ފަރާތުން އެ ޖަމްޢިއްޔާގެ ރައީސް އަބްދުލް ވަދޫދު ބުނީ، އެ ޖަމްޢިއްޔާގެ މަޤުސަދަކީ މި މުބާރާތުން ޤައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށެވެ.

ބެޑްމިންޓަންގައި ހޮޅުދޫއަކީ އިންޓަ-ސްކޫލް ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކާމިޔާބީތައް ހޯދާފައިވާ ރަށެއް. އެހެންކަމުން މި މުބާރާތަކީ މާލެއިން ބޭރުގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތަށް ހަދައި، މި މުބާރާތުގެ ތެރެއިން ރާއްޖޭގެ ފެންވަރުގެ މޮޅެތި ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަކީ ބާފާ ޖަމްޢިއްޔާގެ އަމާޒު.

ބާފާގެ ރައީސް އަބްދުލް ވަދޫދު ހާމަކުރިއެވެ.

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޮޅުދޫ ސްޕޯޓްސް ސެންޓަރުގައެވެ. އަދި މުބާރާތް ބޭއްވުމުގައި ބާފާއާއެކު ހަރަކާތްތެރި ވަނީ ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީއެވެ. މީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަން ވެސް މުބާރަތަށް ލިބޭ ކަމުގައި ވަދޫދު ބުންޏެވެ.

މި އަހަރުގެ މި ބެޑްމިންޓަން ޓޯނަމެންޓަކީ ބާފާގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބާއްވާ ޙާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS