ދުނިޔެ

ހަމާސްއިން އިސްރާއީލުގެ ހުށަހެޅުން ބަލައިނުގަތް: "ދޫދިނުމަކީ އޮޕްޝަނެއް ނޫން"

ހަމާސްއިން އިސްރާއީލުގެ ހުށަހެޅުން ބަލައިނުގަތް: "ދޫދިނުމަކީ އޮޕްޝަނެއް ނޫން"

ހަމާސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޭޕްރީލު 2025، 04:11

15 އޭޕްރީލު 2025، 04:11

ޣައްޒާގައި ހިނގަމުންދާ 18 މަސްދުވަހުގެ ހަނގުރާމަ ނިންމުމަށް އިސްރާއީލުން ހުށަހަޅާފައިވާ ހުށަހެޅުމެއް ހަމާސްއިން ބަލައިނުގަތްކަމަށް އެ ޖަމްޢިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒުހްރީ ވިދާޅުވެއްޖެއެވެ. އަލްޖަޒީރާ އަރަބިކްއަށް ދެއްވި އިންޓަވިއުއެއްގައި އަބޫ ޒުހްރީ ވިދާޅުވީ އިސްރާއީލުގެ ހައްދުފަހަނައެޅި ބެންޖަމިން ނެތަންޔާހޫ ހުށަހަޅާފައިވާ ޝަރުތުތަކަކީ "އިމްޕޮސިބަލް ކޮންޑިޝަންސް" ކަމަށާއި، މިއީ ހުއްޓުމަކަށް އައުމުގެ މަސައްކަތް ހުއްޓުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އިސްރާއީލުގެ ހުށަހެޅުމުގައި ހިމެނެނީ 45 ދުވަހުގެ ހުއްޓުމެއް ގެނައުމަށާއި، މި މުއްދަތުގައި އިސްރާއީލުގެ ހުރިހާ ހަނގުރާމަވެރިން ދޫކޮށްލުމަށެވެ. ނަމަވެސް ހަމާސްއިން ބުނަނީ މިއީ "ދޫދިނުމުގެ" ހުށަހެޅުމެއް ކަމަށެވެ. އަބޫ ޒުހްރީ ވިދާޅުވީ ހަމާސްއިން ބޭނުންވަނީ ހަނގުރާމަ މުޅިން ހުއްޓާލައި، އިސްރާއީލުގެ ސިފައިން ޣައްޒާއިން ފުރައިގެން ދިއުމަށް ކަމަށެވެ.

"ދޫދިނުމަކީ ހަމާސްއަށް އޮތް އޮޕްޝަނެއް ނޫން. އަޅުގަނޑުމެން ދުލެއްނުދޭނަން، ހުދު ދިދައެއްވެސް ނުޖަހާނަން،" އަބޫ ޒުހްރީ ވިދާޅުވިއެވެ.

މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 50،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 10،000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ފަލަސްތީނު ޞިއްޙީ ވުޒާރާއިން ބުނެއެވެ. އދ. އާއި އެހެނިހެން ޖަމްޢިއްޔާތަކުން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ފޮހުމުގެ ޢަމަލުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS