ޚަބަރު
އެޗްޑީސީގެ ބޯޑަށް އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަނުކޮށްފި

އިބްރާހިމް ޠަޢާމު މުހައްމަދު/ފޮޓޯ: އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ބޯޑު މެމްބަރުކަމަށް އިބްރާހިމް ޠަޢާމު މުހައްމަދު މިއަދު އައްޔަންކޮށްފިއެވެ.
މިކަން ހިއްސާކޮށްފައިވަނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، މ. ބްލޫނައިލް، އިބްރާހިމް ޠަޢާމު މުޙައްމަދު މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ. އެޗްޑީސީގެ ބޯޑަށް އައްޔަނުކޮށްފައިވާ އިބްރާހިމް ޠަޢާމުއަކީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއްވެސް މެއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑަށް ޠަޢާމު އައްޔަންކޮށްފައި މި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މުހައްމަދު ވަހީދު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން ވަކިކޮށްފައިވާ ސަބަބު ޕީސީބީއިން ހާމަނުކުރާއިރު، ވަހީދު ބޯޑަށް އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި އޭނާއަކީ، ފާއިތުވި އަހަރުތަކުގައި ވެމްކޯގައި އިސް މަޤާމެއް ފުރުއްވުމުގެ އިތުރުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައި ވެސް މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.