Ads by Exprox

ޚަބަރު

މާދަމާ ހިޔާ އަދި އެމްޕީއެލްގެ ބައެއް ޓަވަރުތަކުން ވަޤުތީގޮތުން ކަރަންޓު ކަނޑާލާނެ: ސްޓެލްކޯ

މާދަމާ ހިޔާ އަދި އެމްޕީއެލްގެ ބައެއް ޓަވަރުތަކުން ވަޤުތީގޮތުން ކަރަންޓު ކަނޑާލާނެ: ސްޓެލްކޯ

ހިޔާ ޓަވަރ/ފޮޓޯ: ރާއްޖެ އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

15 އޭޕްރީލު 2025، 10:20

15 އޭޕްރީލު 2025، 10:20

މާދަމާ ހިޔާ އަދި އެމްޕީއެލްގެ ބައެއް ޓަވަރުތަކުން ވަޤުތީގޮތުން ކަރަންޓު ޚިދުމަތް މެދުކަނޑާލާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯ އިން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާގެ އެކި ވަޤުތުތަކުގައި ހިޔާ ޓަވަރުންނާއި އެމްޕީއެލްގެ ޓަވަރުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރުގެ H13, H14, H15, H16 އިން ހެނދުނު 10:00 އިން 11:00 އަށް ކަމަށް ސްޓެލްކޯ އިން ވިދާޅުވެއެވެ. އަދި އެމްޕީއެލް ޓަވަރުތަކުން މެންދުރު 13:30 އިން 15:00 އަށް ކަރަަންޓުގެ ޚިދުމަތް މެދުކަނޑާލާނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، H4 އިން ވެސް ހެނދުނު 9:00 އިން ހަވިރު 17:00 އާއި ދެމެދު, އެ ޓަވަރުގެ ކޮންމެ އެޕާޓްމެންޓަކުން ވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތަކީ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS