ކުޅިވަރު

ވީއޭއެމް ކަޕް: ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބަށް

ވީއޭއެމް ކަޕް: ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބަށް

ވެމްކޯގެ ޖޫޒާން ބޯޅަ ސެޓުކޮށްދެނީ، ފޮޓޯ: ވީއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 އޭޕްރީލު 2025، 08:48

16 އޭޕްރީލު 2025، 08:48

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ވީއޭއެމް ކަޕް 2025ގެ ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބުން ހޯދައިފިއެވެ. އެ ކްލަބުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ، މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗުގައި ޗެމްޕިއަން ވެމްކޯ 3-2 ސެޓުން ބަލިކުރުމަށްފަހުއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 25-27 ޕޮއިންޓުން ޕޮލިސް ކްލަބެވެ. ނަމަވެސް ފުރަތަމަ ސެޓުގެ ގޯސްތައް ރަގަޅުކޮށް، ވެމްކޯއިން ދެވަނަ ސެޓު ކާމިޔާބުކުރީ 25-22 ޕޮއިންޓުންނެވެ. 

މެޗުގެ ތިން ވަނަ ސެޓު އަނެއްކާވެސް ޕޮލިހުން ގެންދިޔައެވެ. އެއީ 25-21 ޕޮއިންޓުންނެވެ. މެޗުގައި ކުރި ލިބުނު ކަމުގައި ވިޔަސް، ޕޮލިސް ކްލަބަސް ލިބުނު މާޔޫސްކަމަކަށްވީ އެ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާއަށް އެ ސެޓުގައި އަނިޔާވެގެން ކޯޓުން ބާލަން ޖެހުމެވެ.

އަދި ޖެހިގެން އައި ސެޓު 25-23 ޕޮއިންޓުން ކާމިޔާބުކޮށް ވެމްކޯއިން ދެވަނަ ފަހަރަށް ފަހަތުން އަރައި ޕޮލިސް ކްލަބާ ހަމަކުރިއެވެ. ނަމަވެސް ފަހު ސެޓު 15-13 ޕޮއިންޓުން ކާމިޔާބުކޮށް، ޕޮލިހުން ފައިނަލް ޔަޤީންކުރިއެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ ބްރެޒިލް ކުޅުންތެރިޔާ ގްރެޒީލް ރިބޯރީ ޑި ސޫޒާއެވެ. އޭނާއަށް ލިބުނު އެވޯޑު ވަނީ އެ ޓީމުގެ ކެޕްޓަން ހައްވައަށް ހަދިޔާކޮށްފައެވެ.

މި ނަތީޖާއާ ގުޅިގެން ވެމްކޯއިން ކުޅެން ޖެހޭ ދެވަނަ ސެމީ ފައިނަލް، އަދި މުބާރާތުގެ ތިން ވަނަ ސެމީ ފައިނަލް މެޗު ކުޅޭނީ މިރެއެވެ. މި މެޗުގައި ވެމްކޯ ނިކުންނާނީ ހުރާ ކޮމިއުނިޓީ ކުލަބާ ދެކޮޅަށެވެ. އިއްޔެ ހަވިރު ކުޅުނު ފުރަތަމަ ސެމީ ކާމިޔާބުކޮށް އެ ޓީމު ތިން ވަނަ ސެމީއަށް ދަތުރުކުރީ، ސީދާ ތިން ސެޓުން ފްލެކްސަރ ސްޕޯޓްސް ކުލަބް ބަލިކުރުމަށް ފަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS