ޚަބަރު
ޑްރަގު އެޖެންސީން ޕިއަރ އިންޓަރންޝިޕް ޕްރޮގްރާމެއް ފަށަނީ

ނެޝަނަލް ޑްރަގް އެޖެންސީ ފޮޓޯ: އެންޑީއޭ
ޑްރަގު ފަރުވާ ހޯދަމުންދާ މީހުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން ވޮލަންޓިއަރ ޕިއަރ އިންޓަރންޝިޕް ޕްރ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން އެޖެންސީގެ އެކި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް 30 ވޮލަންޓިއަރ އިންޓަރނުން ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ. މި ޕްރޮގްރާމަކީ ޤައުމުގެ ފަރުވާގެ ނިޒާމުގައި އަމިއްލަ ތަޖުރިބާ ހުރި މީހުންގެ ބބައިވެރިވުން އިތުރުކޮށް، އަމިއްލަ ތަޖުރިބާގެ އަލީގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެކެވެ.
We are pleased to announce the implementation of volunteer peer workers at the agency's centers. This program aims to enhance assistance and engagement for those requiring support. Let's work together to make a meaningful difference! pic.twitter.com/cE2OENPgDS
— National Drug Agency (@NDA_MV) April 16, 2025
އެޖެންސީން ހާމަކުރި ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުން ނުވަތަ ޑްރަގު ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކޮށް ސާފުވެފައިވުން ހިމެނެއެވެ.
މި ޕްރޮގްރާމު ހިންގާނީ އެންޑީއޭގެ ހެޑް އޮފީސް، ގ. ގްރީންގެ، ކ. ހިއްމަފުށީގައި ހުންނަ ޑްރަގު ފަރުވާ އަދި ރީހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް، ގދ. ތިނަދޫގައި ހުންނަ ދަގަނަ، ސ. ހިތަދޫގައި ހުންނަ ވިލުނު ސެންޓަރު އަދި ގދ. ތިނަދޫ، ސ. ހިތަދޫ އަދި ގއ. ފުވައްމުލަކުގައި ހުންނަ ޑްރަގު ޑީޓޮކްސިފިކޭޝަން އަދި ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުތަކުގައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެ، އެހެން މީހުންގެ ރިކަވަރީ ދަތުރުގައި އެހީތެރިވެ، ހިތްވަރުދީ، އަދި އަމިއްލަ ތަޖުރިބާގެ އަލީގައި އެހީތެރިވުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެންޑީއޭއިން ގޮވާލައިފިއެވެ. އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ހުށަހެޅުމުގެ ތަފްޞީލު އެޖެންސީގެ ރަސްމީ ޗެނަލްތަކުންނާއި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެ ކަމަށް އެޖެންސީން މަޢުލޫމާތު ދީފައިވެއެވެ.