ޚަބަރު
"ހަސަން ކުރުސީ" އެކައުންޓު ހިންގަނީ ޔޫރަޕުގައި ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ މީހެއް: ރަޝިޔާ

ހަސަން ކުރުސީ އެކްސްގައި ހަދާފައިވާ އެކައުންޓް ފޮޓޯ:އިންޓަނެޓް
ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިވަން ޖަރުކަ ވިދާޅުވެފައިވަނީ "ހަސަން ކުރުސީ" އެކައުންޓު ހިންގާ މީހާއަކީ ކާކުކަން ރަޝިޔާގެ ވެރިންނަށް އެނގޭ ކަމަށެވެ. މިކަން އެމްބެސެޑަރު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްބެސެޑަރު ވިދާޅުވި ގޮތުގައި، "ކުރުސީ ހިންގަނީ މިވަގުތު ޔޫރަޕުގެ ގައުމެއްގައި މިވަގުތު ފިލާ ހުރި ރާއްޖޭގެ ކުރީގެ ސިޔާސީ މީހެއްކަން ރަޝިޔާގެ ލީޑަޝިޕަށް އެނގޭ" ކަމަށެވެ. އަދި ކުރުސީ އެކައުންޓް ފަހަތުގައި ހުރީ ސިޔާސީ މީހެއްކަމަށްވެސް އެމްބެސެޑަރުގެ ޕޯސްޓްގައި ބަޔާންކޮށްފައިވެއެވެ.
މީގެ ކުރިން، ގިނަ ބަޔަކު ތުހުމަތުކުރީ މި އެކައުންޓް ބޭނުންކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަމަވެސް ނަޝީދު ވަނީ އެ ތުހުމަތު ދޮގުކުރައްވާފައެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހު އެ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ފުލުހުންގައި އެދިވަޑައިގެންފައިވެއެވެ.
"ހަސަން ކުރުސީ" އެކައުންޓަކީ ސަރުކާރާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ފާޑުކިޔަމުން އަންނަ އެކައުންޓެކެވެ. މި އެކައުންޓުން ސަރުކާރުގެ ކޮރަޕްޝަންތައް ކަމަށް ބުނެ ބައެއް ލިޔެކިޔުންތަކާއި، ބައެއް މީހުންގެ ޒާތީ ދިރިއުޅުމާ ބެހޭ މަޢުލޫމާތުތައްވެސް ޢާންމުކުރަމުން އަންނަ ކަމަށް ބެލެވެއެވެ. މި އެކައުންޓަށް 50،000 އަށްވުރެ ގިނަ މީހުން ފޮލޯކުރާ ކަމަށް ވެއެވެ.
⚡️Comment by Russian Ambassador to SL and Maldives Levan Dzhagaryan on @Hassankuruseee publication designed to damage 🇷🇺
— Russian Embassy in Sri Lanka (@RusEmbSriLanka) April 16, 2025
🇲🇻 relations:
We clearly know what a previously high-ranked politician (currently hiding in Europe) is behind this post.
In full: https://t.co/jS1dqglL9t pic.twitter.com/PUqSU0S3Jb
މި އެކައުންޓް ވަނީ މީގެ ކުރިން ތިން ފަހަރު ސަސްޕެންޑްވެސް ކޮށްފައެވެ. ނަމަވެސް، މި އެކައުި އެކައުންޓުގެ ވެރިފަރާތުގެ ޙަޤީޤީ ހުވިއްޔަތު އަދިވެސް ވަނީ ސިއްރުވެފައެވެ.