Ads by Exprox

ޚަބަރު

މެއިންޓަނަންސް މަސައްކަތަށް ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ބޮޑު ސަރަޙައްދަކުން މާދަމާ ކަރަންޓު ކަނޑާލަނީ

މެއިންޓަނަންސް މަސައްކަތަށް ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ބޮޑު ސަރަޙައްދަކުން މާދަމާ ކަރަންޓު ކަނޑާލަނީ

ހުޅުމާލެ ފޭސް 2/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޭޕްރީލު 2025، 07:36

16 އޭޕްރީލު 2025، 07:36

މެއިންޓަނަންސް މަސައްކަތަކަށް ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ބޮޑު ސަރަޙައްދަކުން މާދަމާ ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހާމަކޮށްފިއެވެ. 

ސްޓެލްކޯއިން ހާމަކުރެއްވި ގޮތުގައި،  ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަންޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި 17 އޭޕްރީލް 2025 ގެ ހެނދުނު 9:30 އިން ފެށިގެން 10:30 އަށް ހުޅުމާލެ ފޭސް 2 ގެ އެކި ޓަވަރުތަކުން ކަރަންޓު ކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) ގެ ޓަވަރުތަކާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޓަވަރުތަކާއި، މާލެ ވޯޓަރ އެންޑް ސްވަރޭޖެ ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޓަވަރުތަކުގެ އިތުުރުން، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޓަވަރުތަކުން ކަމަށް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހޯކްސް ޕެޓްރޯލް ޝެޑުން ވެސް މި ވަޤުތުގައި ކަރަންޓު ކަނޑާލާނެކަމަށް ސްޓެލްކޯ އިން މަޢުލޫމާތުދެއެވެ.

މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތަކީ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS