Ads by Exprox

ޚަބަރު

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސްގެ ބައިވެރިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޭޕްރީލު 2025، 08:04

16 އޭޕްރީލު 2025، 08:04

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފިއެވެ.

މި ކޯހަކީ، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ފަށާފައިވާ ކޯހެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. މި ކޯސް ފަށާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދޭ ގޮތުގައި، މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. އެގޮތުން، މި ކޯހުގައި ބައިވެރިންނަށް ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޤާނޫނާއި ޤަވާއިދުތަކަށް ބައިވެރިން އަހުލުވެރިކުރުމަށް މަޢުލޫމާތު ދިނުމުގެ އިތުރުން، މުއާމަލާތުކުރުމުގެ ހުނަރުތަކާއި، ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދޭނެއެވެ.

މި ކޯހަކީ ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި ކޯހުގައި ޖުމްލަ ސްޕެޝަލް ކޮންސްޓަބުލަރީ 27 ފުލުހުން ބައިވެރިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS