ކުޅިވަރު / ޚަބަރު

އިމާރާތެއްގެ 11 ވަނަ ބުރިން ވެއްޓި ގެބޮންގެ ފޯވާޑް ކުޅުންތެރިޔާ އާރޮން ބޯޕެންޒާ މަރުވެއްޖެ

އިމާރާތެއްގެ 11 ވަނަ ބުރިން ވެއްޓި ގެބޮންގެ ފޯވާޑް ކުޅުންތެރިޔާ އާރޮން ބޯޕެންޒާ މަރުވެއްޖެ

އާރޮން ބޯޕެންޒާ/ފޮޓޯ: ރޮއިޓަރސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޭޕްރީލު 2025، 06:04

17 އޭޕްރީލު 2025، 06:04

ޗައިނާގެ އިމާރާތެއްގެ 11 ވަނަ ބުރިން ވެއްޓި ގެބޮންގެ ފޯވާޑް ކުޅުންތެރިޔާ އާރޮން ބޯޕެންޒާ މަރުވެއްޖެއެވެ.

އާރޮން ބޯޕެންޒާއަކީ، ތުރުކީ ސުޕަރ ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ މޮޅު ކުޅުންތެރިއެކެވެ. ހަމަ އެހެންމެ، މީނާއަކީ ގެބޮންގެ ޤައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެކެވެ. ޢުމުރުން 28 އަހަރުގެ އާރޮން ބޯޕެންޒާ ވަނީ މީގެ ކުރިން ފްރާންސް، ތުރުކީ، އަދި އެމެރިކާގެ މޭޖާ ސުޕަރ ލީގުގައިވެސް ކުޅެފައެވެ. މީގެ އިތުރުން، ދާދިފަހުން މީނާ ވަނީ ޗައިނާގެ ޒެޖިއަން އެފްސީއާ ގުޅިފައެވެ.

އާރޮން ބޯޕެންޒާ 11 ވަނަ ބުރިން ވެއްޓި މަރުވެފާވާއިރު، ބައެއް މީޑިއާތަކުން ވަނީ އޭނާއާއި ގުޅިގެން އެކި ވާހަކަތައް ދައްކާފައެވެ. އެގޮތުން، ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާގޮތުން އޭނާ ކުޅެމުން އަންނަ ކުލަބުން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުން ތަކުގައިވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ. އަދި އޭނާ ވަނީ އަމިއްލައަށް އެ އިމާރާތުން ފުންމާލާ މަރުވެފައިކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އާރޮން ބޯޕެންޒާގެ މި ވަކިވުމާއި ގުޅިގެން ގެބޮން އިން އަންނަނީ ހިތާމަ ފާޅު ކުރަމުންނެވެ. އަދި ކަމާ ބެހޭ އެއްވެސް ފަރާތަކުން ބޯޕެންޒާގެ މަރާ ގުޅޭ އިތުރު މަޢުލޫމާތެއް ދީފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS