ވިޔަފާރި

ފިޒިއޯ ސޮލިއުޝަންސްއަށް 3 އަހަރު : ޒަމާނީ ހިދުމަތްތަކާއި އެކު ރާއްޖޭގެ ފިޒިއޮތެރަޕީއަށް އިންޤިލާބީ ބަދަލެއް

ފިޒިއޯ ސޮލިއުޝަންސްއަށް 3 އަހަރު : ޒަމާނީ ހިދުމަތްތަކާއި އެކު ރާއްޖޭގެ ފިޒިއޮތެރަޕީއަށް އިންޤިލާބީ ބަދަލެއް

ފިޒިއޯ ސޮލިއުޝަންސް ފޮޓޯ: ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޭޕްރީލު 2025، 12:31

17 އޭޕްރީލު 2025، 12:31

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފިޒިއޮތެރަޕީ ދެމުންއަންނަ ފިޒިއޯ ސޮލިއުޝަންސް އަށް ތިން އަހަރު ފުރުމާއި ގުޅިގެން ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ފިޒިއޯ ސޮލިއުޝަންސްއަށް 3 އަހަރު : ޒަމާނީ ހިދުމަތްތަކާއި އެކު ރާއްޖޭގެ ފިޒިއޮތެރަޕީއަށް އިންޤިލާބީ ބަދަލެއް

ފިޒިއޯ ސޮލިއުޝަންސް އަށް 3 އަަހަރު ފުރުމުގެ ޙަފްލާގެ ތެރެއިން


 މި ހަފްލާގައި ފަރުދުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފިޒިއޯ ސޮލިއުޝަންސްގެ ފައުންޑަރ  އަބްދުﷲ ބާޤިރު ވިދާޅުވީ ފިޒިއޯ ސޮލިއުޝަންސްއަކީ ދިވެހިރާއްޖޭގައި ފިޒިއޮތެރަޕީއަށް ޚާއްސަކޮށްގެން ހުޅުވުނު ފުރަތަމަ ސެންޓަރު ކަމަށެވެ. އަދި މިހާރު ދެމުންދާ އުސޫލުން ޚިދުމަތްދޭ ހަމައެކަނި ސެންޓަރުވެސް މެއެވެ.

ތިން އަހަރު ވީއިރު އަޅުގަނޑުމެން ފިޒިއޯ ސޮލިއުޝަންސްގެ ފަރާތުން ވާނެ ވަރަށް ތަފާތު ގިނަ ކަންކަން އަލަށް ތައާރަފް ކޮށްފަ. އަޅުގަނޑުމެން އަސްލު ރާއްޖެއަށް އައިއިރުގަ މިއުސޫލުން ހިދުމަތްދޭ އެއްވެސް ޕްރައިވެޓް ސެންޓަރެއް ނުހުރެ.  ފިޒިއޯ ސޮލިއުޝަންސް އައީ ހަމަ ފިޒިއޯތެރަޕީގެ މުޅި ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނަންވެގެން . 

ބާޤިރު ، ފައުންޑަރ


ފިޒިއޯ ސޮލިއުޝަންސްއިން ވަނީ ވަން-އޮން-ވަން ސްޓައިލްގެ ޚިދުމަތެއް ތަޢާރަފުކޮށްފައެވެ. އަދި މިހާރުވެސް 40 މިނެޓުގެ ވަން-އޮން-ވަން ޚިދުމަތެއް ދޭ އެހެން އެއްވެސް ސެންޓަރެއް ނެތްކަމަށް ބާޤިރު ވިދާޅުވިއެވެ.

 

ފިޒިއޯ ސޮލިއުޝަންސްއަށް 3 އަހަރު : ޒަމާނީ ހިދުމަތްތަކާއި އެކު ރާއްޖޭގެ ފިޒިއޮތެރަޕީއަށް އިންޤިލާބީ ބަދަލެއް

ފިޒިއޯ ސޮލިއުޝަންސް އިން ކުރިއަށްގެންދާ ބައެއް ފަރުވާ


ބާޤިރު ވިދާޅުވިގޮތުގައި ފިޒިއޯ ސޮލިއުޝަންސްއިން ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ނިޒާމަށްވެސް އިންޤިލާބީ ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން މޮބައިލް އެޕްލިކޭޝަނަކާއި ވެބްސައިޓް މެދުވެރިކޮށް ފަސޭހައިން އެޕޮއިންޓްމަންޓް ހެދޭނެ އިންތިޒާމު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން  ފޯނުން ގުޅައިގެން ނުވަތަ ވައިބަރ އަދި ވަޓްސްއަޕް މެދުވެރިކޮށް ވެސް އެޕޮއިންޓްމަންޓު ހެދޭނެއެވެ.  އެޕޮއިންޓްމަންޓް ލިބުމުގައި އާންމުކޮށް ދިމާވާފަދަ ދަތިތަކެއް ނުހުންނާނެކަން ފާހަގަ ކުރެއްވިއެވެ.

ފިޒިއޯ ސޮލިއުޝަންސްއަށް 3 އަހަރު : ޒަމާނީ ހިދުމަތްތަކާއި އެކު ރާއްޖޭގެ ފިޒިއޮތެރަޕީއަށް އިންޤިލާބީ ބަދަލެއް

ފިޒިއޯ ސޮލިުޝަންސް


ފިޒިއޯ ސޮލިއުޝަންސްގެ މާހައުލަކީ ވަރަށް ހިތްގައިމު އިހުސާސެއް ލިބޭ ތަނެއްކަމަށް ބާޤިރު ފާހަގަކުރެއްވިއެވެ. މިގޮތުން ކަލަރ ސްކީމާއި ލައިޓިންގގެ އިތުރުން ތަނުގައި ދުވާ ވަސް ފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ރިސަރޗް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ފިޒިއޯ ސޮލިއުޝަންސްއިން ވަނީ  ފްލޯއެއް އިތުރުކޮށް، އޮކިއުޕޭޝަނަލް ތެރަޕީ ފަދަ އައު ޚިދުމަތްތައް ތަޢާރަފުކުރުމަށް ރާވާފައެވެ. މިގޮތުން އިތުރުކުރެވޭ ފްލޯގައި އެކްސަސައިޒް ތެރަޕީއަށް ޚާއްސަ ބޮޑު އޭރިއާއެއް ހިމެނޭނެ އެވެ.


އަޅުގަނޑުމެން ކައިރި މުސްތަޤްބަލެއްގައި ތަޢާރަފުކުރެވޭތޯ އެބަ މަސައްކަތް ކުރަން އޮކިއުޕޭޝަނަލް ތެރަޕީ. އޮކިއުޕޭޝަނަލް ތެރަޕީއަކީ އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ރިކުއެސްޓް ލިބޭ އޭރިއާއެއް. ދެން އިންޝާﷲ މިބަލަނީ ވަރަށް ކައިރި މުސްތަޤްބަލެއްގަ އެކަން އަޅުގަނޑުމެނަށް ހާސިލްކުރެވިގެން ދާނެކަމަށް

ބާޤިރު ، ފައުންޑަރ

މީގެ އިތުރުން، އިތުރު ފަރުވާގެ ބާވަތްތައްވެސް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމާއި މި ފަރުވާތަކަކީ ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރު ފަދަ ޤައުމުތަކުގައި ވަރަށް އިފެކްޓިވް އަދި ވަރުގަދަ ފަރުވާތަކެއްގެ ގޮތުގައި ބެލެވޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


އަޅުގަނޑުމެން މިހާރުވެސް އެކަމަށް ބޭނުންވާ އިކުއިޕްމަންޓްސް ގެނެސް މީހުން ޓްރެއިންކޮށް މިހާރު ހަމަ ރެގިއުލޭޓަރީ ބޮޑީގެ މަރުހަލާތައް މިދަނީ

ބާޤިރު ، ފައުންޑަރ

ބާޤިރު ވިދާޅުވިގޮތުގައި ފިޒިއޯ ސޮލިއުޝަންސްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި، ޕޭޝަންޓުންނަށް ފަސޭހަވާނެ ގިނަ ކަންތައްތަކެއް ތަޢާރަފުކޮށް، ގިނަ ބޭފުޅުންނަށް ފަސޭހަވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ކުރިއަށް ގެންދިއުމެވެ.


ފިޒިއޯ ސޮލިއުޝަންސްއަކީ 2022 ވަނަ އަހަރު ހުޅުވި، މާލޭގައި އަލިކިލެގެފާނު މަގުގައި ނަލަހިޔާ ބިލްޑިންގ (2 ވަނަ ފަންގިފިލާ) ގައި ހުންނަ، ދިވެހިރާއްޖޭގައި އެންމެ ޒަމާނީ ފިޒިއޮތެރަޕީ އަދި ރިހެބިލިޓޭޝަން ޚިދުމަތްދޭ ސެންޓަރެވެ. މި ކްލިނިކުން ވަނީ އެތައް ސަތޭކަ ކްލައިންޓުންނަކަށް ޚިދުމަތް ދީފައެވެ. އަދި ޕްރޮފެޝަނަލް، ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ދެވޭ ފަރުވާއާއި، އެންމެ ޒަމާނީ ފަރުވާގެ ޚިދުމަތްތަކުގެ ޒަރީއާއިން އެތައް ބައެއްގެ ދިރިއުޅުން ބަދަލުކޮށްދީފައެވެ.


ފިޒިއޯ ސޮލިއުޝަންސްއަކީ އާދައިގެ ފިޒިއޮތެރަޕީ ކްލިނިކެއް ނޫނެވެ. އެހެން ތަންތަނާ ތަފާތުވަނީ ޒަމާނީ ޓެކްނޮލޮޖީއާއި ތެރަޕިސްޓުން ކުރާ މަސައްކަތް އެއްކޮށްލައިގެން ކުރިއަށްދިއުމެވެ. ކޮންމެ ސެޝަނެއްވެސް ކުރިއަށްދަނީ ވަކިވަކިން ތަޖުރިބާކާރު ޕްރޮފެޝަނަލުންގެ ބެލުމުގެ ދަށުންނެވެ. މިގޮތުން ބަލިމީހުން ރަނގަޅުވަމުންދާއިރު އެމީހުންނަށް ބޭނުންވާ ސަމާލުކަން އެކަށީގެންވާގޮތަށް ލިބޭކަން ޔަޤީންކުރެވެއެވެ.


މި ކްލިނިކުން ވަރަށް ގިނަ ޒަމާނީ ފަރުވާގެ ބާވަތްތައް ފޯރުކޮށްދެއެވެ. މި ކޮންމެ ބާވަތެއްވެސް ފަރުމާކުރެވިފައިވަނީ މަސްތަކާއި ކަށިތަކާއި ނާރުތަކާ ގުޅުންހުރި އެކި ބާވަތުގެ މައްސަލަތަކަށް އަމާޒުކޮށްގެންނެވެ.

ފިޒިއޯ ސޮލިއުޝަންސްއަށް 3 އަހަރު : ޒަމާނީ ހިދުމަތްތަކާއި އެކު ރާއްޖޭގެ ފިޒިއޮތެރަޕީއަށް އިންޤިލާބީ ބަދަލެއް

ފިޒިއޯ ސޮލިއުޝަންސްގެ 3 ވަނަ އަހަރީ ހަފްލާގެ ތެރެއިން


ތިން އަހަރު ވަންދެން ކާމިޔާބުކަމާއެކު މުޖުތަމަޢުއަށް ޚިދުމަތްކޮށްދީފައިވާ ފިޒިއޯ ސޮލިއުޝަންސްއިން މިހާރު ވަނީ އެ ތަނުގެ ކާމިޔާބީތައް ފާހަގަކުރުމުގެ އިތުރުން ކުރިމަގަށް ހިތްވަރާއެކު ބަލަމުންނެވެ. މި ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެދޭ މީހުންގެ އަދަދު އިތުރުވެފައިވާތީ، ޚިދުމަތްތައް ފުޅާކޮށް އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަށް މަގުފަހިވެފައިވެއެވެ.
އެހެންކަމުން، ޕީއެސްއިން މިހާރު ވަނީ " އައު ބާވަތުގެ ޚާއްޞަ ފަރުވާތަކެއް" ތަޢާރަފުކުރަން ފަށާފައެވެ. މި ފަރުވާތައް ފަރުމާކުރެވިފައިވަނީ އުނދަގޫ މައްސަލަތަކަށް އިތުރަށް އަމާޒުކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އަލަށް ތަޢާރަފުކުރަން ހަމަޖެހިފައިވާ އޮކިއުޕޭޝަނަލް ތެރަޕީ - މި ޚިދުމަތް ފިޒިއޯ ސޮލިއުޝަންސްއަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތުގެ އަމާޒަކީ ދިރިއުޅުމުގެ އާދައިގެ ކަންކަން އަމިއްލައަށް ކުރުމުގެ މިނިވަންކަން އަލުން ހޯދައިދިނުމަށް އެހީތެރިވުމެވެ. މިއީ ސްޓްރޯކް ޖެހުމަށްފަހު ރަނގަޅުވަމުންދާ މީހުންނަށާއި، އޮޕަރޭޝަންތަކަށްފަހު ރިކަވަރީ ހޯދާ މީހުންނަށާއި، ހެދިބޮޑުވުމުގެ ކުރިއެރުން ލަސްވެފައިވާ ކުދިންނަށާއި، ދިގު މުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް އެންމެ އެކަށީގެންވާ ޚިދުމަތެވެ. މީގެ އިތުރުން ވެސް އެހެން ތެރަޕީތައް ތަޢާރަފް ކުރެވިގެން ދާނެއެވެ. 

ފިޒިއޯ ސޮލިއުޝަންސްއަކީ ދިވެހިރާއްޖޭގައި އެތައް ގޮތަކުން ފާހަގަކޮށްލެވޭ އަދި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ  ތަނަކަށްވެފައިވަނީ ރަނގަޅަށް ތަމްރީނުވެފައިވާ އަދި ސެޓްފިކެޓް ލިބިފައިވާ ޕްރޮފެޝަނަލް ތެރަޕިސްޓުން ،  ފުރިހަމައަށް ތަކެތި ހަމަކުރެވިފައިވާ، ޒަމާނީ ފަރުވާދޭ ތަނެއްކަމުގައި ވުމާއި ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެން ފަރުވާ ދިނުމުގެ އިތުރުން ބަލިމީހާއަށް އަމާޒުކޮށްގެން، ނަތީޖާ ހާސިލުކުރުމަށް އަމާޒުކޮށްގެން ގެންގުޅޭ އުސޫލުތަކެވެ. ހަމައެހެންމެ ރަނގަޅު ނަތީޖާ ނެރެވޭ މިންވަރާއި ބަލިމީހުންގެ ހިތްހަމަޖެހުން އިތުރުވުމަކީ ފިޒިއޯ ސޮލިއުޝަންގެ އެންމެ ބޮޑު ކާމިޔާބީއެވެ.

ފިޒިއޯ ސޮލިއުޝަން ވެބްސައިޓް www.physiosolutions.mv




މި ލިޔުން ކިޔާލުމުން

Ads by MSS