ޚަބަރު
މަޝްހޫރު ރިޓްޒް ސެލޫން ބަންދުކޮށް، އެތަނުގެ ވެރިޔާ ރަޖަނީ ޑީޕޯޓްކޮށްފި!
ރިޓްޒް ބިއުޓީ ސެލޫންގެ ވެރިޔާ ރަޖަނީ. ފޮޓޯ:އިމިގްރޭޝަން
މަޝްހޫރު ރިޓްޒް ސެލޫން ބަންދުކޮށް، އެތަނުގެ ވެރިޔާ ރަޖަނީ ޝްރެސްތާ ޑީޕޯޓްކޮށްފިއެވެ.
ރިޓްޒް ސެލޫން ބަންދުކޮށް އެތަނުގެ ވެރިޔާ ޑީޕޯޓް ކޮށްފައިވަނީ ޤަވާއިދާއި ޚިލާފުވެފައިވާތީއެވެ.
މިކަމާއިގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ”އިމިގްރޭޝަން ވޮޗް" އަށް މިވިޔަފާރި އާއި ގުޅިގެން ލިބުނު ރިޕޯޓަކާއި ގުޅިގެން އެ ތަން ބަލައި ފާސްކޮށްފައިވާކަމަށެވެ.
އެ ސެލޫން ބަލައި ފާސްކޮށްފައިވަނީ، މިހިނގާ އޮގަސްޓްމަހުގެ 14 ވަނަ ދުވަހުއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ، ރަޖަނީ ޝްރެސްތާއަކީ ރާއްޖޭގައި ޤަވައިދާ ހިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ހިދުމަތް ދެމުން އަންނަ މީހެއް ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ޝްރެސްތާއަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން އައި މީހެއްކަން ފާހަގަކުރެވިފައިވާކަމަށެވެ.
އޭނާގެ 04 ބިދޭސީ މުވައްޒަފުންގެ ސައްޚަ ވިސާއެއް ނެތުމުގެ ސަބަބުން، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، 2024 އޮގަސްޓު 13 ވަނަ ދުވަހު މި ފަރާތްތައް ވަނީ ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފއަި ވާކަމަށް މިކަމާއި ގުޅިގެން
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން، 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް… pic.twitter.com/GIww4oLxQs
— Maldives Immigration (@ImmigrationMV) August 24, 2024
ނޭޕާލަށް ނިސްބަތްވާ ރަޖަނީ ވަނީ 2020 ވަނަ އަހަރު އިސްލާމްވެސް ވެފައެވެ. އިސްލާމް ވުމަށްފަހު އޭނާގެ ނަން އައިޝަތު ރިޒްގިން އަށް ބަދަލުކުރިއެވެ.
ދިވެހިންގެ މެދުގައި އޭނާ މަޝްހޫރުވީ ލިބޭ އާމްދަނީން ނޭޕާލްގައި އުޅޭ ޔަތީމް ކުދިންނަށް އެހީވުމަށް ހިންގި ޕްރޮގްރާމްތަކުންނެވެ.
ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނާއި އެހެން މުއައްސަސާތައް ގުޅިގެން ދަނީ ބޮޑެތި މަސައްކަތް ތަކެއް ކުރަމުންނެވެ. އަދި މިމަސައްކަތުގެ ދަށުން ޤަވާއިދާއި ޚިލާފަށް އުޅޭ އެތައް ބިދޭސީއަކު ވަނީ ހިފައި ހައްޔަރުކޮށްފައެވެ.