ކުޅިވަރު

ވެމްކޯއިން ވީއޭއެމް ކަޕް އަނެއްކާ ވެސް ކާމިޔާބުކޮށްފި

ވެމްކޯއިން ވީއޭއެމް ކަޕް އަނެއްކާ ވެސް ކާމިޔާބުކޮށްފި

ވެމްކޯއިން ވީއޭއެމް ކަޕް ޖެހިޖެހިގެން ފަސް ފަހަރު ކާމިޔާބުކޮށްފި، ފޮޓޯ: ވީއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޭޕްރީލު 2025، 10:54

19 އޭޕްރީލު 2025، 10:54

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވީއޭއެމް ކަޕް އަނެއްކާ ވެސް ވެމްކޯއިން ކާމިޔާބުކޮށްފިއެވެ. މިއީ ވެމްކޯއިން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު ވެމްކޯއިން ކާމިޔާބުކުރީ، އެ ކްލަބާ އެންމެ ވާދަވެރި އެއް ކްލަބުކަމުގައިވާ ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުއެވެ. 

މި ދެ ކްލަބް މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި ބައްދަލުކުރި މެޗުގައި ފެނުނު ފޯރިއެއް ފައިނަލް މެޗުގައި ފެނިފައެއް ނުވެއެވެ. އެ މެޗު ޕޮލިސް ކްލަބް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

ފައިނަލުގެ ފުރަތަމަ ސެޓު ވެމްކޯއިން ކާމިޔާބުކުރީ 25-20 ޕޮއިންޓުންނެވެ. އަދި ދެވަނަ ސެޓު ވެމްކޯއިން 25-19 ގެންދިޔައިރު ފަހު ސެޓު ވެސް ކާމިޔާބުކުރީ 25-19 އިންނެވެ. ފަހު ސެޓުގައި ޕޮލިސް ކްލަބުން ލީޑު ނަގާފައި ވެއެވެ. ނަމަވެސް ސެޓު ކާމިޔާބުކުރެވޭނެ ފަދަ ތަފާތުކަމެއް އެ ޓީމަށް ދެއްކިފައެއް ނުވެއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ތައިލަންޑް ކުޅުންތެރިޔާ ޕަޓިޔާއެވެ. 

މުބާރާތުގައި އިންޑިވިޖުއަލް މަޤާމުތައް ހޯދި ކުޅުންތެރިން:

  • މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: ވެމްކޯގެ އައިޝަތު މާޖިދާ
  • ބެސްޓް އައުޓްސައިޑް އެޓޭކަރުން: ވެމްކޯގެ އައިޝަތު މާޖިދާ އަދި ޕޮލިހުގެ އައިމިނަތު އަރީޝާ 
  • އެންމެ މޮޅު އޮޕަސިޓް ޕްލެޔަރ: ޕޮލިހުގެ ހައްވާ ރާޝިދާ
  • އެންމެ މޮޅު މިޑިލް ބްލޮކަރު: ޕޮލިސް ޓީމުގެ މަރިޔަމް އަޒުމާ 
  • އެންމެ މޮޅު މިޑިލް ބްލޮކަރު: ވެމްކޯ ޓީމުގެ ނަރީމާ އިދުރީސް 
  • އެންމެ މޮޅު ސެޓަރު: ވެމްކޯގެ އައިޝަތު ޖޫޒާން ޒަރީރު
  • އެންމެ މޮޅު ލިބަރ ވެމްކޯ ޓީމުގެ ނުހާ ވަހީދު
  • މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަރ: ހުރާ ކޮމިއުނިޓީ ކުލަބުގެ އައިޝަތު ދީމާ ނަދީމް 
  • އެންމެ މޮޅު ކޯޗު: ވެމްކޯގެ ކޯޗު އަޙްމަދު އަދީލް

 މިއަހަރު ވޮލީބޯލް ސީޒަންގެ އަންހެން ދެވަނަ މުބާރާތް ގައުމީ ވޮލީބޯލް ލީގުގެ ކުޅުން މިއަދު ފަށާނެއެވެ.

މި މުބާރާތަށްފަހު ދެން އޮންނަ ވޮލީބޯލް ލީގަށް ކޮލިފައި ވާނީ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން ވެސް ގަދަ 3 ޓީމަށެވެ. އަދި ކޮންމެ ގްރޫޕެއްގެވެސް ފުލަށްދިޔަ ޓީމު ވާނީ ރެލިގޭޓެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS