Ads by Aqeeqa Maldives

ޚަބަރު

ޤައުމު ބިނާކުރުމުގައި އިސްލާމިކް ޔުނިވަސިޓީއަކީ މުހިންމު ތަނބެއް: ވަޒީރު އާދަމް ސަނީރު

ޤައުމު ބިނާކުރުމުގައި އިސްލާމިކް ޔުނިވަސިޓީއަކީ މުހިންމު ތަނބެއް: ވަޒީރު އާދަމް ސަނީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް --

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 އޭޕްރީލު 2025، 01:49

19 އޭޕްރީލު 2025، 01:49

ޤައުމު ބިނާކުރުމުގައި އިސްލާމިކް ޔުނިވަސިޓީއަކީ މުހިންމު ތަނބެއްކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އައިޔޫއެމްގެ ދަސްވެނިވުމުގެ ޖަލްސާގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި މަޢުޟޫޢުގައި ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ދީނީ އެއްބައިވަންތަކަމާއި ޤައުމީ ވަހުދަތު ދެމެހެއްޓުމުގެ މަސައްކަތް ފާއިތުވި 45 ވަރަކަށް އަހަރު އައިޔޫއެމްއިން ކޮށްފައިވާ ކަމަށާއި، އަދި މި ކަމުގައި އެ ޔުނިވާރސިޓީއިން އަދާކުރި ދައުރަށް ބަލާއިރު، އެ ޔުނިވަރސިޓީއަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު އެއް ތަނބު ކަމުގައެވެ.

މީގެ އިތުރުން، ދިވެހިންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނަކީ ވެސް އައިޔޫއެމް ކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިކަން މިގޮތުގައި ކުރިޔަށް ދިއުމަކީ، އެ މަނިކުފާނު އެންމެ އެދިލައްވާ ގޮތްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 

ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާއިރު ޤައުމެއްގެ އެއްބައެއް ވަންތަކަން އިހުސާސްވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެކަމަށް ފަރުދީގޮތުންނާއި ނިޒާމެއްގެ ތެރެއިން ރަސްމީކޮށް ކުރަންޖެހޭ މަސައްކަތްތައް ހުންނާނެ ކަމަށެވެ. އަދި ދުނިޔޭގެ އެކި ދުވަސްވަރު އެކި ބަސްތައް ބާރުގަދަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް އެފަދަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެފަދަ ހާލަތެއްގައިވެސް ހިފަހައްޓަންޖެހޭނީ އެބައެއްގެ ބަހާއި ގޮތުގައި ކަމަށް ވިދާޅުވިއެވެ.

އަދި ކުރާ ހުރިހާ މަސައްކަތެއްގައި ވެސް ދިވެހިންގެ ސިފަތައް ގެނައުން މުހިންމު ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS