Ads by Aqeeqa Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވަޓްސްއެޕް ޗެނަލްއެއް، ކޮންމެ ދުވަހެއްގެ އަދާހަމަތައް ގެނެސްދޭނެ

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ވަޓްސްއެޕް ޗެނަލްއެއް، ކޮންމެ ދުވަހެއްގެ އަދާހަމަތައް ގެނެސްދޭނެ

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2025، 05:32

20 އޭޕްރީލު 2025، 05:32

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދުގެެ ރަސްމީ ވަޓްސްއެޕް ޗެނަލްއެއް ތަޢާރަފްކޮށްފިއެވެ.

މި ޗެނަލް ތަޢާރަފްކޮށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ޗެނަލް ތަޢާރަފްކުރައްވައި އެޗެނަލް އަށް ޖޮއިންވުމަށް ދައުވަތު ދެއްވައިފައެވެ.

އަދި ކޮންމެ ދުވަހެއްގެ އަދާހަމަތަކާއި މުހިންމު މެސެޖުތަކާއި މަޢުލޫމާތުތައް އެޗެނަލްގައި ހިއްސާކުރެއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް މުޢިއްޒު ފާހަގަކުރެވިފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު އަދި ކުދި ކަންކަންވެސް ވީއެންމެ ގާތުން ރައްޔިތުންނާއި ޚިއްސާ ކުރައްވަވާ ރައީސެއްގެ ގޮތުގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS