ޚަބަރު
ސަރުކާރުގެ ޚިދުމަތްތައް އެއްތަނަކުން: ވަންގަވް 2.0 ތަޢާރަފުކޮށްފި

ވަންގަވް 2.0
ދިވެހި ސަރުކާރުން ވަންގަވް 2.0 ގެ ނަމުގައި ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށް، ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ފަސޭހައިން ލިބިގަނެވޭ، ހާމަކަން ބޮޑު އަދި ހަލުވި ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދެއްވައިފިއެވެ. 2023 ވަނަ އަހަރުގެ ޖުލައި 10 ވަނަ ދުވަހު ތަޢާރަފުކުރެވުނު ވަންގަވް ނިޒާމުގެ މައްޗަށް ބިނާކޮށް، މި އައު އަޕްގްރޭޑަކީ ސަރުކާރުގެ ޚިދުމަތްތައް ތަރައްޤީކުރުމުގެ ދަތުރުގައި ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.
oneGov 2.0 is here — smarter, simpler, smoother.
— oneGov (@onegovmv) April 17, 2025
From guided applications to real-time status markers, everything is designed to help you apply for services with confidence and ease.
Welcome to a seamless new digital experience. pic.twitter.com/Yqwk9hA3UF
ޓްރޭޑްނެޓްގެ ދިވެހި ޓީމަކާއި އެކުގައި ތައްޔާރުކޮށްފައިވާ ވަންގަވްއަކީ ސަރުކާރުގެ އަސާސީ ޚިދުމަތްތައް އެއް ތަނަކުން ފަރުދުންނަށާއި ވިޔަފާރިތަކަށް ކޮންމެ ވަގުތެއްގައިވެސް ކޮންމެ ތަނަކުންވެސް ލިބޭނެގޮތަށް ފަރުމާކުރެވިފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މިހާތަނަށް 15 އަށްވުރެ ގިނަ ސަރުކާރުގެ އިދާރާތަކުން މި ޕްލެޓްފޯމް ބޭނުންކުރަން ފަށާފައިވާއިރު، މީގެ ސަބަބުން މަސައްކަތުގެ ހަލުވިކަން %35 އިތުރުވެ، ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު %57 އަށް ކުޑަވެފައިވެއެވެ.
ވަންގަވް 2.0 ގައި ހިމެނޭ އައު ފީޗަރތަކުގެ ތެރޭގައި ލޮކަރ، ވޮލެޓް، ގައިޑެޑް އެޕްލިކޭޝަންސް، އިންބޮކްސް އަދި ނޯޓިފިކޭޝަން ސެންޓަރގެ އިތުރުން ޕަރސަނަލައިޒްޑް ޑޭޝްބޯޑް ހިމެނެއެވެ. މި ފީޗަރތަކުގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ ޚިދުމަތްތައް ފަސޭހައިން ލިބިގަނެވޭނެއެވެ.
ލޮކަރ: ލައިސަންސްތަކާއި، ހުއްދަތަކާއި އަދި އެހެނިހެން ރަސްމީ ލިޔެކިއުންތައް ރައްކާކުރެވޭ ރައްކާތެރި ޑިޖިޓަލް ވޯލްޓެއް. ކިއުއާރް ކޯޑް ވެރިފިކޭޝަނާއި މުއްދަތު ހަމަވާ ތާރީޚު ޓްރެކްކުރެވޭނެއެވެ.
ވޮލެޓް: ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި، އެކަންކަން ޓްރެކްކުރުމާއި އަދި ހިސްޓްރީ ބެލުމުގެ މަރުކަޒީ ނިޒާމެއް.
ގައިޑެޑް އެޕްލިކޭޝަންސް: ފުރިހަމަކުރެވޭ އެޕްލިކޭޝަން ފޯމުތައް. މީގައި އޮޓޮމެޓިކުން މައްސަލަތައް ދެނެގަނެވޭނެ އަދި ޝަރުތު ހަމަވޭތޯ ބެލޭނެ
އިންބޮކްސް އަދި ނޯޓިފިކޭޝަން ސެންޓަރ: އަޕްޑޭޓްތަކާއި، ޚިދުމަތާ ގުޅޭ މެސެޖުތަކާއި އަދި ރިމައިންޑަރތައް ލިބޭނެ ފަސޭހަ ގޮތެއް.
ޕަރސަނަލައިޒްޑް ޑޭޝްބޯޑް: އެޕްތަކާއި، ފައިސާ ދެއްކުމާއި، މެސެޖުތަކާއި އަދި ލިޔެކިއުންތައް އެއްތަނަކުން ބެލޭނެ ގޮތަށް ބަދަލުކުރެވޭ ހޯމްޕޭޖެއް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ 2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15 ހިއްސާކުރާ ދާއިރާއަކަށް ޑިޖިޓަލް އިޤްތިޞާދު ހައްދަވާނެ ކަމަށެވެ. މިއީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރުގެ އެއް ތަނބެވެ.