ސައިންސް / ދުނިޔެ

ސައިންސްވެރިން ކާމިޔާބުކަމާއެކު ލެބޯޓަރީގައި އިންސާނުންގެ ދަތް އުފައްދައިފި

ސައިންސްވެރިން ކާމިޔާބުކަމާއެކު ލެބޯޓަރީގައި އިންސާނުންގެ ދަތް އުފައްދައިފި

ސައިންސްވެރިން ކާމިޔާބުކަމާއެކު ލެބޯޓަރީގައި އިންސާނުންގެ ދަތް އުފައްދައިފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2025، 08:13

20 އޭޕްރީލު 2025، 08:13

ކިންގްސް ކޮލެޖް ލަންޑަންގެ ސައިންސްވެރިން ވަނީ ލެބޯޓަރީގައި އިންސާނުންގެ ދަތް އުފެއްދުމުގައި ކާމިޔާބުވެފައެވެ. މިއީ ދަތުގެ ސައިންސްގެ ދާއިރާގައި ހޯދުނު އެންމެ ބޮޑު ކުރިއެރުންތަކުގެ ތެރެއިން އެއް ކުރިއެރުމެވެ.

މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ލެބޯޓަރީގައި އުފައްދާ ދަތްތައް މީހުންގެ އަނގައިގައި ހަރުކޮށް، އަދި އަމިއްލައަށް މަރާމާތުވެ، ޤުދުރަތީ ދަތްތަކެކޭ އެއްގޮތަށް މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މިއީ ދަތުގެ އިމްޕްލާންޓްތަކާއި ފިލިންގްތަކަށް ވުރެ ކުރިއަރާފައިވާ ޓެކްނޮލޮޖީއެކެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ރީޖެނެރޭޓިވް ޑެންޓިސްޓްރީގެ ޑިރެކްޓަރު ޑރ. އަނާ އެންޖެލޯވާ-ވޮލްޕޯނީ ވިދާޅުވީ މި ދިރާސާއިން ދަތުގެ ފަރުވާގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށެވެ.

މި ދިރާސާ ކުރިއަށް ގެންދިޔައީ އިމްޕީރިއަލް ކޮލެޖް ލަންޑަންއާ ގުޅިގެންނެވެ. އަދި މި ދިރާސާގެ ނަތީޖާ ހާސިލުކުރުމަށް 10 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރަން ޖެހުނެވެ.

މި ދިރާސާގެ ސަބަބުން މުސްތަޤުބަލުގައި ގެއްލިފައިވާ ދަތްތައް އަލުން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިހާރު ބޭނުންކުރާ ދަތުގެ އިމްޕްލާންޓްތަކާއި ފިލިންގްތަކުގެ ބަދަލުގައި ޤުދުރަތީ ދަތްތަކާ އެއްފެންވަރުގެ ދަތްތައް ބޭނުންކުރެވޭނެއެވެ.

ސައިންޓިސްޓުން މިހާރު ވިސްނަމުންދަނީ މި ދަތްތައް ބޭނުންކުރާނެ ދެ ގޮތަކާ މެދުގައެވެ. އެއީ މުޅި ދަތް ލެބޯޓަރީގައި އުފައްދާފައި ހަރުކުރުން ނުވަތަ ދަތުގެ ސެލްތައައް އަނގައިގަ ހަރުކޮށްގެން  ދަތް ހެދިގެން އައުމެވެ.

ޑެންޓިސްޓްރީގެ ދާއިރާގައި މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މީގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސައިންޓިސްޓުން ބުނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS