Ads by Aqeeqa Maldives

ޚަބަރު

ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރުއަށް ވަޒީރު ޝަހީމް މަރުޙަބާ ދަންނަވައިފި

ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރުއަށް ވަޒީރު ޝަހީމް މަރުޙަބާ ދަންނަވައިފި

ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރުއަށް ވަޒީރު ޝަހީމް މަރުޙަބާ ދަންނަވައިފި ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2025، 03:06

21 އޭޕްރީލު 2025، 03:06

މަދީނާގެ ނަބަވީ މިސްކިތުގެ އިމާމު އަދި ޚަތީބު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރު މިއަދު ރާއްޖެ ވަޑައިގަތުމާއި ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އެމަނިކްފާނަށް މަރުޚަބާ ދަންނަވައިފިއެވެެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން އެ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ފަޟީލަތުއްޝައިޚް ޑރ. ޞަލާޙު ބުނު މުހަންމަދުލް ބުދައިރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާނެ ކަމަށް ވަނީ ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ބައްދަލުކުރެއްވުމުގެ އިތުރުން، ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޒިޔާރަތްކުރެއްވުންވެސް ހިމެނެއެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، އަންނަ ބުދަ ދުވަހުގެ ރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާނެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރެއްވުމަށްފަހު ޚާއްޞަ ދަރުހެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ މުހިންމު ޝަޚްޞިއްޔަތުތައް ރާއްޖެ ގެންނެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ކުރެވޭ ދަތުރުފުޅެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS