ވިޔަފާރި

ޓެމޫ އަދި ޝެއިންއިން ތަކެތީގެ އަގު ބޮޑުކުރަނީ

ޓެމޫ އަދި ޝެއިންއިން ތަކެތީގެ އަގު ބޮޑުކުރަނީ

ޓެމޫ އަދި ޝެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 05:30

22 އޭޕްރީލު 2025، 05:30

އެމެރިކާގެ ޓެރިފް ސިޔާސަތުގައި އަންނަ ބަދަލުތަކާ ގުޅިގެން، މަޝްހޫރު އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ތެރެއިން ޓެމޫ އަދި ޝެއިންގެ އަގުތައް  މަތިކުރަން ނިންމައިފިއެެވެ. މި ދެ ކުންފުނިން ވަނީ އެޕްރީލް 25، 2025 އިން ފެށިގެން އަގުތައް މައްޗަށް ދާނެ ކަމަށް އިއުލާނު ކޮށްފައެވެ.

އެމެރިކާގެ އާ ޓެރިފް ސިޔާސަތުގެ ދަށުން، ޗައިނާއިން އެތެރެކުރާ ތަކެއްޗަށް %145 ގެ ޓެރިފް ރޭޓެއް ނަގަން ފަށާނެއެވެ. މީގެ އިތުރުން، މިހާރު 800 ޑޮލަރަށްވުރެ ދަށުގެ އަގުހުރި ތަކެތި ޑިއުޓީ ނުނަގައި އެތެރެކުރެވޭ ގޮތަށް އޮތް "ޑީ މިނިމިސް" ޕްރޮވިޝަން މެއި 2 ގައި ނިމުމަކަށް އަންނާނެއެވެ.

މިި ބަދަލުތަކާ ގުޅިގެން، ޓެމޫ އަދި ޝެއިން ވަނީ އެ ކުންފުނިތަކުގެ ވެބްސައިޓްތަކުގައި ކަސްޓަމަރުންނަށް މެސެޖެއް ޕޯސްޓްކޮށްފައެވެ. މި މެސެޖުގައި ބުނެފައިވަނީ "ބައިނަލްއަޤްވާމީ ވިޔަފާރީގެ ޤަވާއިދުތަކާއި ޓެރިފްތަކަށް އައި ބަދަލުތަކާ ގުޅިގެން، އަޅުގަނޑުމެންގެ ހިންގުމުގެ ޚަރަދުތައް ވަނީ މައްޗަށް ގޮސްފައެވެ. ތިޔަ ބޭފުޅުން ލޯބިކުރާ އުފެއްދުންތައް ފެންވަރު ދަށްނުކޮށް ފޯރުކޮށްދިނުމަށްޓަކައި، އެޕްރީލް 25، 2025 އިން ފެށިގެން އަގުތަކަށް ބަދަލު ގެންނަން ޖެހެއެެވެ.

މި ބަދަލުތަކާ ގުޅިގެން، އެމެރިކާއިން ތަކެތި ގަންނަ މީހުން ވަނީ މިހާރުވެސް ތައްޔާރުވާން ފަށާފައެވެ. ބްލޫމްބާގް މެދުވެރިކޮށް ލިބޭ މަޢުލޫމާތުން ދައްކާ ގޮތުގައި، މާރޗް އަދި އެޕްރީލް މަހު ޓެމޫ އަދި ޝެއިންގެ ވިޔަފާރި ވަނީ އިތުރުވެފައެވެ. މިއީ އަގުތައް މައްޗަށް ދިއުމުގެ ކުރިން ވިޔަފާރިކުރާ މީހުން ތަކެތި ގަތުމަށް އަވަސްވެގަތުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.

ޝެއިންގެ އާމްދަނީ މާރޗް މަހު ވަނީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %29 އިތުރުވެފައެވެ. އަދި އެޕްރީލްގެ ފުރަތަމަ 11 ދުވަހު %38 އިތުރުވެފައިވެއެވެ. ޓެމޫގެ އާމްދަނީ ވަނީ މި މުއްދަތުތަކުގައި %46 އަދި %60 އިތުރުވެފައެވެ.

މި ދެ ކުންފުނިން ބުނެފައިވަނީ އަގުތައް ވީހާވެސް ދަށްކޮށް ހިފެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށާއި، "އެންމެންނަށް ޒަމާނީ މުދާ ލިބޭނެ ގޮތް ހެދުން" އެ ކުންފުނިތަކުގެ އަމާޒު ކަމުގައެވެ. އަދި އެޕްރީލް 25 ގެ ނިޔަލަށް އަގުތައް ބަދަލުނުވާނެ ކަމަށާއި، މިހާރުގެ އަގުތަކުގައި ޝޮޕިންގ ކުރެވޭނެ ކަމަށްވަނީ ބުނެފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS