ދުނިޔެ

ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑީގެ ހަމަލާތަކެއްގައި ފަސް މީހަކު މަރުވެއްޖެ

ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑީގެ ހަމަލާތަކެއްގައި ފަސް މީހަކު މަރުވެއްޖެ

ސެކިޔުރިޓީ ފޯސްތަކުން ހަމަލާއަށްފަހު ހަރަކާތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2025، 08:51

22 އޭޕްރީލު 2025، 08:51

ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ގުދުރަތީ ރީތި ކަމުގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްހަދާ ޚާއްސަ “ސްޕޮޓް”އަކަށް ގޮސްއުޅުނު ފަތުރުވެރިންތަކަކަށް ބަޑީގެ ހަމަލާއެއް ދީ ފަސްމީހަކު މަރައިލައިފިއެވެ.

ހަމަލާ ދީފައިވަނީ "އިންޑިއާގެ ސްވިޒަލޭންޑް" ގެ ގޮތުގައި ސިފަކުރާ ހިމާލަޔާސް ފަރުބަދަތަކުގެ ރީތި ރަށެއް ކަމަށްވާ ޕަހަލްގަމްގަ އެވެ.

އެ ސަރަހައްދުގެ ޗީފް މިނިސްޓަރު އުމަރު އަބްދުﷲ ވިދާޅުވީ މި ހަމަލާއަކީ "ފާއިތުވި އަހަރުތަކުގައި އާންމުންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކަށް ވުރެ މާ ބޮޑު ހަމަލާއެއް" ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުގައި މިހަމަލާގައި ގިނަ އަދަދެއްގެ މީހުން ވަނީ ޒަޚަމްވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މިހަމަލާދިން ކުށްވެރިން "އިންސާފުގެ ކުރިމައްޗަށް ގެންނާނެ" ކަމަށެވެ.

ހާދިސާއާއި ގުޅިގެން އިންޑީއާގެ ބޮޑުވަޒީރު މޯދީ އެކްސްގައި ކުރައްވަވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި އެކަންކަން ދާނީ އިތުރަށް ވަރުގަދައަށް ކުރިއަށް ކަމަށެވެ.

މޯދީ އިތުރަށް ވިދާޅުވީ އެޤައުމުގެ ދާޚިލީ ވަޒީރު އަމިތް ޝާހް ކަޝްމީރްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ސްރީނަގަރަށް ވަޑައިގަންނަވާނެ ކަމަށެވެ.

އެ ސަރަހައްދުގެ ލެފްޓިނެންޓް ގަވަރުނަރު މަނޯޖް ސިންހާ ވިދާޅުވީ އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

 މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރު ސަރަހައްދުގައި ފާއިތުވި އަހަރުތަކުގައި އަނިޔާވެރިކަން ކުޑަވެފައިވީ ނަމަވެސް 1989 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް އެސަރަހައްދަކީ ހަމަނުޖެހުންތައް ހިނގަމުންއައި ސަރަހައްދެކެވެ.

މި ހަމަލާ ދީފައިވަނީ ޕަހަލްގަމް އާއި ތިން މޭލު (5 ކިލޯމީޓަރު) ދުރުގައި އޮންނަ ފަރުބަދަ މަތީގައި އޮންނަ މޭޑޯއެއް ކަމަށްވާ ބައިސާރަންގައެވެ.

އިންޑިއާގެ މީޑިއާތަކުން އާންމުކުރި ވީޑިއޯ ފޫޓޭޖުތަކުން އިންޑިއާ ސިފައިން ހަމަލާ ދިން ތަނާ ދިމާއަށް ދުވަމުންދާތަން ފެނެއެވެ. އަދި ހަމަލާދިން މީހުން ހަމަލާއަމަޒުކުރީ ޣައިރް މުސްލިމުންނަށް ކަމަށް އެމީހުން ހަމަލާގައި އަނިޔާވި މީހަކު ބުނެއެވެ.

ފުލުހުން ބުނީ ބަޑީގެ ހަމަލާގައި އަނިޔާވި އެތައް ފަތުރުވެރިންނެއް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެ ސަރަހައްދު ވަށައިގެން، އެ އެކަން ކުރި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS