ދުނިޔެ

މިޔަރުގެ ހަމަލާއެއް އެރި އާދަޔާ ޚިލާފު ހާދިސާއަކަށްފަހު އަނިޔާލިބުނު މީހާ ގެއްލިއްޖެ

މިޔަރުގެ ހަމަލާއެއް އެރި އާދަޔާ ޚިލާފު ހާދިސާއަކަށްފަހު އަނިޔާލިބުނު މީހާ ގެއްލިއްޖެ

ހާދިސާ ހިނގި ސަރައްހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2025، 08:51

22 އޭޕްރީލު 2025، 08:51

އިޒްރާއިލްގައި މިޔަރުގެ ހަމަލާއެއް އެރި އާދަޔާ ޚިލާފް ހާދިސާއަކަށްފަހު އަނިޔާލިބުނު މީހާ ގެއްލިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިޒްރާއިލުން ގަދަކަމުން ހިފައިފައިވާ ފަލަސްޠީނުގެ ބިމުގައި އިޒްރާއިލުން އަމިއްލައަށް އުފައްދައިގެން އުޅޭ އެމީހުންގެ ޤައުމުގެ ތެލްއަވީވް އޭ ކިޔާ ސަރަހައްދުގެ އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ހަދަރާގެ ކަނޑުގައެވެ.

 ފެނިފައިވާއިރު، ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި މި ހާދިސާ ހިނގި އޮލްގާ ބީޗުގައި ތިބި މީހުން ހާދިސާގެ ވަގުތުގައި ސިހުމެއްގެ ތެރޭގައި ހަޅޭއްލަވާ އަޑާއި މަންޒަރު ފެނިގެން ދެއެވެ.

 ލޯކަލް އިންޖީނުގެއަކުން ހޫނު ފެން މޫދަށް ދޫކުރާ ސަރަހައްދުތަކަށް އަދި ހާއްސަކޮށް އަހަރުގެ މި ދުވަސްވަރު މިޔަރުތައް ޖަމާވާކަން އެނގިފައިވީ ނަމަވެސް އާންމު ގޮތެއްގައި މިތަކެއްޗަކީ މީހަކަށް ގެއްލުމެއްދޭ އެއްޗެއްނޫނެވެ.

އިޒްރާއީލުގެ ކަނޑުގެ ސަރަހައްދު 1948 ވަނަ އަހަރު އުފެއްދި ފަހުން މިޔަރުގެ މަރުގެ ހަމަލާއެއް ރެކޯޑް ކުރެވިފައެއް ނުވެ އެވެ.

 އިޒްރާއިލްގެ ފުލުހުން ގޮނޑުދޮށް ބަންދުކޮށް، ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޮންލައިން މަންސައެއްގައި މީހަކު ހިއްސާކުރި ވީޑިއޯއެއްގައި ފިރިހެނަކު ކަނޑާ ދުރުން ދެތިން ސަތޭކަ ފޫޓު ދުރުން ފެނެއެވެ. އަދި އޭނާއަށް ހަމަލާއެއް ދިން ކަމަށްބުނެ ވީޑިއޯގައި ހަޅޭއްލަވާ އަޑުއިވެއެވެ.

މަންޒަރު ދުށް މީހަކު ބުނެފައިވަނީ މޫދުގައި ހުރި އިރު ހަމަލާ ލިބުނު މީހާގެ ގައިން ލޭ އޮހޮރުނު މަންޒަރު ފެނިފައިވާކަމަށެވެ. ހޯމަ ދުވަހުގެ މި ހާދިސާއަކީ އިޒްރާއީލުގެ ތާރީހުގައި ވެސް ލިޔެވުނު މިޔަރުގެ ހަމަލާއެއްގެ މިފަދަ ފުރަތަމަ ހާދިސާއެެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS