ވިޔަފާރި / ޚަބަރު
ސްޓެލްކޯއިން "ބިލްޑް އެކްސްޕޯ" ގައި ބައިވެރިވަނީ

މިދިޔަ އަހަރު ބޭއްވުނު ބިލްޑް އެކްސްޕޯގެ ތެރެއިން
ހުޅުމާލޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބިލްޑް އެކްސްޕޯ 2025 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ބިޒްނަސް ސެންޓަރުން ބައިވެރިވާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
އޭޕްރީލް މަހުގެ 24 އިން 27 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގައި، ގެދޮރު އިމާރާތްކުރުމުގައި އަދި ގެދޮރަށް ބޭނުންވާ ކަރަންޓު ސާމާނު ދައްކާލާނެކަމުގައި ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯގެ ސްޓޯލް ނަންބަރަކީ ސީވަންބީ ކަމަށާއި، އެކްސްޕޯގެ ވަގުތުތަކުގެ ތެރެއިން ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ސްޓެލްކޯގެ ސްޓޯލް ހުޅުވިފައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.
We are at Build Expo 2025
— STELCO (@STELCOMALDIVES) April 23, 2025
24 - 27 April 2025
Stall no: C1B
1600hrs - 1800hrs / 2000hrs to 2200hrs
Central Park, Hulhumale' pic.twitter.com/Wqh5QiFP4d
ބިލްޑް އެކްސްޕޯ 2025 އަކީ ގެދޮރު އިމާރާތްކުރުމާއި ގުޅުންހުރި ވިޔަފާރިތަކަށް އެމީހުންގެ އުފެއްދުންތައް ދައްކާލުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. މި އެކްސްޕޯގައި ސްޓެލްކޯއިން ބައިވެރިވުމަކީ، ގެދޮރު އިމާރާތްކުރުމުގައި ކަރަންޓުގެ ދައުރާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މިއީ ޢިމާރާތްކުރުމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހުނަރުވެރި ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްދާ އެކްސްޕޯއެކެވެ.މި އެކްސްޕޯގެ އަމާޒަކީ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ މަރުކަޒީ ހަބަކަށްވުމާއި، އެކުންފުނިތަކަށް ރޯ މެޓީރިއަލްސް، ހެވީ މެޝިނަރީ އަދި ކޮންސްޓްރަކްޝަންއާ ގުޅުންހުރި އެހެން އުފެއްދުންތައް ދައްކާލުމަށް ޕްލެޓްފޯމެއް ހޯދައިދިނުމެވެ.