ދުނިޔެ
ޔަމަނުގެ ހޫތީން އިޒްރާއިލްއަށް މިސައިލް ހަމަލާތަކެއް ދީފި

މިސައިލް ހަމަލާއެރި ސަރަހައްދު
ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ހޫތީން އިޒްރާއިލްގެ އުތުރަށް ޢާންމުކޮށް ނުފެންނަ ކަހަލަ މިސައިލްތަކަކުން ހަމަލާދީފިއެވެ.
އިޒްރާއިލުން ބުނެފައިވަނީ ޔަމަނުގެ ހޫތީން އިޒްރާއިލަށް ދިން ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ. ބުދަ ދުވަހުގެ ހެނދުނު 4 ޖެހި ފަހުން އިޒްރާއީލު ސިފައިން ބުނީ މިސައިލްގެ ސަބަބުން ހައިފާ، ކްރަޔޮޓް އަދި ގަލީލީ ކަނޑުގެ ހުޅަނގުން އެހެން ސަރަހައްދުތަކުގައި ވައިގެ ހަމަލާގެ ސައިރެންތައް ފަށާފައިވާ ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއަށް އިޒްރާއިލުން ހަމަލާދޭން ފެށި ފަހުން ހޫތީން ވަނީ ފަލަސްތީނުންނާއި އެއްކޮށް އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން އިޒްރާއީލަށް ތަކުރާރުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ.
ހޫތީން ޔަމަނުގެ ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރާއިރު، އިޒްރާއީލުން ވަނީ އެގައުމުގެ އެތެރޭގައި ހޫތީންގެ މަރުކަޒުތަކަށް ކަމަށްބުނެ އެތައް ފަހަރަކު ހަމަލާދީފައެވެ. އޭގެ ތެރޭގައި ވެރިރަށް ސަންއާ ވެސް ހިމެނެއެވެ.
ހަމަލާތަކުގެ ޒިންމާ ހޫތިން އަދި ސީދާ ގޮތެއްގައި ނަގާފައެއް ނުވެއެވެ.