Ads by Exprox

ޚަބަރު

މުހިންމު މަސައްކަތެއް ކުރުމަށް މާދަމާ ހިޔާ އެޗް 11 އިން ކަރަންޓް ޚިދުމަތް މެދުކެނޑިދާނެ : ސްޓެލްކޯ

މުހިންމު މަސައްކަތެއް ކުރުމަށް މާދަމާ ހިޔާ އެޗް 11 އިން ކަރަންޓް ޚިދުމަތް މެދުކެނޑިދާނެ : ސްޓެލްކޯ

ފޭސް 2 ހިޔާ ޓަވަރުތައް ފޮޓޯ: އެޓޯލް ޓައިމްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2025، 07:22

23 އޭޕްރީލު 2025، 07:22

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރ 11 (އެޗް11) ގައި މުހިންމު އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓު ވަގުތީގޮތުން ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިއުލާނު ކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު (ބުރާސްފަތި ދުވަހު) އެވެ.

ސްޓެލްކޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު 30 މިނިޓަށްވުރެ ދިގުނުވާ ގޮތަށް އެގާރަވަނަ ޓަވަރުގެ ކޮންމެ އެޕާޓްމަންޓަކުން ކަރަންޓު ކެނޑިދާނެއެވެ. 

މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ އުނދަގޫތަކަށް ސްޓެލްކޯއިން ވަނީ މައާފަށްއެދިފައެވެ.



މި ލިޔުން ކިޔާލުމުން

Ads by MSS