ސައިންސް

ލޭގައި ހުންނަ ހަކުރުގެ މިންވަރު ވަޒަންކުރުމަށް ކަށިބޭނުން ނުވާ ޓެކްނޮލޮޖީއެއް

ލޭގައި ހުންނަ ހަކުރުގެ މިންވަރު ވަޒަންކުރުމަށް ކަށިބޭނުން ނުވާ ޓެކްނޮލޮޖީއެއް

ލޭގައި ހުންނަ ހަކުރުގެ މިންވަރު ވަޒަންކުރުމަށް ކަށިބޭނުން ނުވާ ޓެކްނޮލޮޖީއެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 09:05

24 އޭޕްރީލު 2025، 09:05

ހަކުރު ބަލިމީހުންގެ ދިރިއުޅުމަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ އާ ޓެކްނޮލޮޖީއެއް އިންޑިއާގެ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ސައިންޓިސްޓުން ތަޢާރަފުކޮށްފިއެވެ. މި އައު ޓެކްނޮލޮޖީއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ވަޒަންކުރުމަށް ފަސޭހަ އަދި ރައްކާތެރި ގޮތެއް ކަމަށް ބެލެވެއެވެ.

މިހާތަނަށް ޑައިބެޓީސް ބަލިމީހުން އާންމުކޮށް ބޭނުންކުރަމުން އައީ އިނގިލީގެ ކޮޅަށް ކުޑަ ކައްޓެއް ކޮށްޕާލައިގެން ލޭ ނަގައިގެން ނުވަތަ ނުވަތަ ކުޑަކަމުދާ އެއްޗެހި ޓެސްޓުކޮށްގެން ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލުމެވެ. ނަމަވެސް މި ގޮތްތަކަކީ ވޭންދެނިވި އަދި އުނދަގޫ ގޮތްތަކެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގެ ސައިންޓިސްޓުން ތަޢާރަފުކޮށްފައިވާ މި އައު ޓެކްނޮލޮޖީއަކީ "ފޮޓޯ-އަކޯސްޓިކް ސެންސިންގ"  ކިޔާ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޭޒަރ ބީމްތަކެއް މެދުވެރިކޮށް ހަށިގަނޑުގެ ޓިޝޫތަކާ އިންޓަރެކްޓްވެ، އޭގެ ސަބަބުން އުފެދޭ ކުދިކުދި އަޑުތައް ދެނެގަނެ، އެ އަޑުތަކުގެ ބާރުމިނާއި ފްރީކުއެންސީ އަށް ބަލައި ލޭގައި ހުރި ހަކުރުގެ މިންވަރު ވަޒަންކުރެވޭނެއެވެ.

މި އައު ޓެކްނޮލޮޖީގެ ސަބަބުން ހަކުރު ބަލިމީހުންނަށް ގޭގައި ތިބެގެން، ތަދުނުވާ ގޮތަކަށް، ފަސޭހަކަމާއެކު ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ޑައިބެޓީސް ބަލިމީހުންގެ ދުޅަހެޔޮކަން މޮނިޓަރކުރުމަށް ގެނެވޭ އިންޤިލާބީ ބަދަލެއް ކަމަށްވެސް މާހިރުން ދެކެއެވެ.

މި އައު ޓެކްނޮލޮޖީގެ އިތުރު ޓްރަޔަލްތައް ކުރިއަށްދާ ގޮތަކުން، ކުރިމަގުގައި ޑައިބެޓީސް ބަލިމީހުންނަށް އެމީހުންގެ ހާލަތު ފަސޭހަކަމާއެކު މޮނިޓަރކުރެވި، އުފާވެރި އަދި ފަސޭހަ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS