ޚަބަރު
ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާކަމަށް ބުނެ ފެތުރެނީ ދޮގު މަޢުލޫމާތު: ފުލުހުން

ހ. މިޓާޒު ގޭގެ ފުރާޅަށް އަންހެނަކު ވެއްޓުނު ތަން ފޮޓޯ:އިންޓަނެޓް
ހ. މިޓާޒު ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެެވެ.
ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާއާ އެކު ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން މިހާރުވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، މި ހާދިސާގައި ވެއްޓުނު އަންހެން މީހާ ހިމެނޭހެން، މައްސަލައިގައި ޝާމިލުވާ ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ތަޙުޤީޤު ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ހިއްސާކުރާނެ ކަމަށް ޕޮލިހުން ވަނީ ބުނެފައެވެ.