ކުޅިވަރު / ޚަބަރު

ދިވެހިންގެ މެދުގައި ގޯލްފް ތަޢާރަފްކޮށް ރާއްޖޭގެ ފުރަތަމަ މުބާރާތް ސްރީލަންކާގައި ފަށައިފި

ދިވެހިންގެ މެދުގައި ގޯލްފް ތަޢާރަފްކޮށް ރާއްޖޭގެ ފުރަތަމަ މުބާރާތް ސްރީލަންކާގައި ފަށައިފި

ދިވެހިންގެ މެދުގައި ގޯލްފް ތަޢާރަފްކޮށް ރާއްޖޭގެ ފުރަތަމަ މުބާރާތް ސްރީލަންކާގައި ފެށުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 އޭޕްރީލު 2025، 06:33

25 އޭޕްރީލު 2025، 06:33

ދިވެހިންގެ މެދުގައި ގޯލްފް ކުޅިވަރު ތަޢާރަފުކޮށް ދިވެހިރާއްޖޭގެ ފުރަތަމަ މުބާރާތް ސްރީލަންކާގައި ފަށައިފިއެވެ.

"މޯލްޑިވްސް އޯޕަން 2025" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތް ފަށްޓަވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މި މުބާރާތް  ކުރިއަށްދަނީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގެ ކެންޑީގައެވެ. މި މުބާރާތް  އިފްތިތާހު ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރާއްޖޭގެ ގޯލްފް އެސޯސިއޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތުގައި  ވާހަކަ ދައްކަވަމުން ގޯލްފް އެސޯސިއޭޝަންގެ ރައީސް ހުސެއިން އަފީފް (ޗަމްޕާ އަފީފް) ވަނީ މި މުބާރާތް  ފަށްޓަވާދެއްވުމަށް ވަޒީރު ރާފިޢު ވަޑައިގެންނެވުމަކީ ގޯލްފް ކުރިއެރުވުމަށް ލިބިގެންދާ ހިތްވަރެއްކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ގޯލްފް އެސޯސިއޭޝަންގެ ރައީސް ހުސެއިން އަފީފް ވަނީ، ރާއްޖޭގައި ގޯލްފް ފަދަ އައު ކުޅިވަރެއް ތަޢާރަފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށް ޝުކުރު ދަންނަވާފައެވެ. ހަމަ އެހެންމެ، މިކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެންމެހާ މުޒައްޒަފުން ދެއްވެވި އެއްބާރުލެއްވުމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

ގޯލްފް އެސޯސިއޭޝަނުން މަޢުލޫމާތުދޭ ގޮތުގައި، ރާއްޖެއަށް ގޯލްފް ތަޢާރަފްވެގެން ދިޔުމާއެކު، ގިނަ ކުޅުންތެރިންތަކެއް  ތަންރީނުވެ މި ކުޅިވަރަށް ބޭނުންވާ ވަޞީލަތްތައް ހޯދުމުުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS