Ads by Exprox

ޚަބަރު

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅު ނިންމަވާލައްވައިފި

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 06:58

25 އޭޕްރީލު 2025، 06:58

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ. މިއީ 40 އަހަރަށްފަހު މާތްވެގެންވާ ދެ ޙަރަމްފުޅުގެ ތެރެއިން ޙަރަމްފުޅެއްގެ އިމާމެއް ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަތީ މިދިޔަ ހޯމަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ ދަށުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދެއްވި ދަޢުވަތަކަށެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ވަރުގަދަ ކުރެއްވުމެވެ.

ދަތުރުފުޅުގެ ތެރޭގައި، ޑރ. ބުދައިރު ރައީސުލްޖުމްހޫރިއްޔާއާއި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކުރެއްވިއެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ޒުވާން ޚަޠީބުންނާއި، ޙާފިޡުންނާއި، އިމާމުންނާއި، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާވެސް ބައްދަލުކުރެއްވިއެވެ.

މީގެއިތުރުން، ޑރ. ބުދައިރު ވަނީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މާލޭ ހުކުރު މިސްކިތަށް ޒިޔާރަތްކުރައްވާ، ސަލްމާން މިސްަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދު ކުރައްވާފައެވެ. އަދި އިސްލާމީ މަރުކަޒުގައި ޚާއްޞަ ދަރުހެއް ދެއްވައި، މިއަދުގެ ހުކުރު ނަމާދުވެސް ކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މި ތާރީޚީ ދަތުރުފުޅު ފާހަގަކުރައްވައި، ޑރ. ބުދައިރަށް ހަނދާނީ ލިޔުމެއް ދެއްވާފައެވެ. 
                    

މި ލިޔުން ކިޔާލުމުން

Ads by MSS