Ads by Exprox

ޚަބަރު

ޤައުމީ ޔުނިވަރސިޓީގެ 349 ދަރިވަރުން ދަސްވެނިވެއްޖެ

ޤައުމީ ޔުނިވަރސިޓީގެ 349 ދަރިވަރުން ދަސްވެނިވެއްޖެ

ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 07:16

25 އޭޕްރީލު 2025، 07:16

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދެވަނަ ޓާމްގައި ކިޔަވާ ނިންމި 349 ދަރިވަރުން ދަސްވެނިވެއްޖެއެވެ. މި ރަސްމިއްޔާތު ބޭއްވުނީ އިއްޔެ ޔުނިވަރސިޓީގެ މައި މަރުކަޒުގައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީއަކީ ދިވެހިންގެ ފަޚުރުވެރިކަމުގެ ނިޝާނެއް އަދި ދިވެހި ޤައުމިއްޔަތުގެ ފުދުންތެރިކަމުގެ ރަމްޒެއް ކަމަށެވެ. އަދި މި ޔުނިވަރސިޓީއަކީ ރާއްޖޭގެ މުސްތަޤްބަލް ބައްޓަންކުރުމުގައި އަސާސީ ދައުރެއް އަދާކުރާ، ރާއްޖޭގެ މާޒީއާއި މުސްތަޤްބަލް ގުޅުވައިދޭ މުހިންމު ވަސީލަތެއްކަމުގައިވެސް  ފާހަގަކުރެއްވިއެވެ.

ވައިސް ޗާންސެލަރ އިތުރަށް ވިދާޅުވީ، ދިވެހިން ބޭނުންވާ ޢިލްމާއި ހުނަރު އުފެއްދުމަކީ ޤައުމީ ޔުނިވަރސިޓީގެ މައިގަނޑު އަމާޒުކަމަށާއި، މި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ތަޢުލީމުގެ ފެންވަރު މަތިކުރުމާއި، އެކި ދާއިރާތަކުން ތަފާތު ފެންވަރުގެ ކޯސްތައް ތަޢާރަފުކުރުމާއި، އަދި ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު ޢިލްމު ޙާޞިލުކުރުމާއި ފެތުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ޔުނިވަރސިޓީގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއްކަމަށެވެ.

މި ފަހަރުގެ ދަސްވެނިވުމުގައި 9 ފެކަލްޓީއަކުން ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި ސްކޫލް އޮފް ނާސިންގގެ 101 ދަރިވަރުންނާއި، ސްކޫލް އޮފް މެޑިސިންގެ 24 ދަރިވަރުން ހިމެނެއެވެ. އަދި ފެކަލްޓީ އޮފް އާރޓްސްގެ 26 ދަރިވަރުންނާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ 62 ދަރިވަރުން، ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސްގެ 8 ދަރިވަރުން އަދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ 18 ދަރިވަރުން ހިމެނެއެވެ.

މީގެ އިތުރުން، ފެކަލްޓީ އޮފް ހެލްތް ސައިންސްއިން 20 ދަރިވަރުންނާއި، ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީގެ 26 ދަރިވަރުންނާއި، ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސަސްގެ 3 ދަރިވަރުންނާއި، އެމްއެންޔޫ ބިޒްނަސް ސްކޫލުގެ 44 ދަރިވަރުން އަދި ސްކޫލް އޮފް ނާސިންގގެ މާސްޓަރސް ޕްރޮގްރާމް ނިންމާފައިވާ 17 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS