ސައިންސް / ދުނިޔެ

މިރޭ ފަތިހު އުޑުމަތިން " ހިނިތުންވުމެއް" ފެންނާނެ : ނާސާ

މިރޭ ފަތިހު އުޑުމަތިން " ހިނިތުންވުމެއް" ފެންނާނެ : ނާސާ

ހަނދާއި ސެޓަރން އަދި ވީނަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 07:50

25 އޭޕްރީލު 2025، 07:50

ކޮމްޕިއުޓަރުން އުފައްދާފައިވާ ހިނިތުންވެފައިވާ މޫނުގެ އިމޯޖީތައް ގިނަ ބަޔަކަށް ފެނިފައިވާނެއެވެ. ނަމަވެސް މިފަދަ ހަނދާންނައްތާނުލެވޭ ޤުދުރަތީ މަންޒަރެއް އުޑުމަތިން މިރޭ ފެނިދާނެކަމަށް ނާސާއިން އަންނަނީ ބުންމުންނެވެ.

ނާސާގެ މަޢުލޫމާތަށް ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނދާއި ސެޓަރން އަދި ވީނަސް އެއްވަގުތެއްގައި އެއް ދިމާލަކުން ފެންނާނެއެވެ. މި ދެ ޕްލެނެޓް  އަދި ހަނދު އެއްވުމުން އުޑުމަތީގައި "ހިނިތުންވެފައިވާ މޫނެއް" ފެންނާނެއެވެ. މި މަންޒަރު ފެންނާނީ މިރޭ ހުކުރު ދުވަހު (އޭޕްރިލް 25) ހެނދުނު އިރުއަރާ ވަގުތު ކައިރިވުމުގެ ކުރިންނެވެ.

މި ނާދިރު މަންޒަރު ފެންނާނީ ހެނދުނު 5:30 ހާއިރު އިރުމަތީ ފަރާތުންނެވެ. މި މަންޒަރުގައި ސެޓަރން ފެންނާނީ މަތީގައެވެ. އޭގެ ދަށުގައި ވީނަސް އިންނަތަން ފެންނާނެއެވެ. މި ތިން ޕްލެނެޓް  މިއީ ހިނިތުންވެފައިވާ މޫނެއްގެ ސިފައިގައި ފެންނާނެ މަންޒަރެކެވެ.

މި މަންޒަރު ދުނިޔޭގެ ގިނަ ހިސާބުތަކުން ހަމަލޮލަށް ފެންނާނެއެވެ. ނަމަވެސް އިރުއަރާތާ ގާތްގަނޑަކަށް އެއް ގަޑިއިރު ފަހުން މި މަންޒަރު ފެންނާނެތީ، މި މަންޒަރު ބެލުމަށް ލިބޭނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. މީގެ އިތުރުން، މި ދެ ޕްލެނެޓް ދަށުން މާރކިއުރީ ވެސް ފެނިދާނެއެވެ.

ފަލަކީ ގޮތުން މިފަދަ "ހިނިތުންވެފައިވާ މޫނެއް" ފެންނަނީ އުޑުމަތީގައި އެއް ހިސާބަކުން ޕްލެނެޓްތަކެއް ފެންނަ ހިނދުއެވެ. ތިން ޕްލެނެޓް އެއްވުމަށް ކިޔަނީ "ޓްރިޕަލް ކޮންޖަންކްޝަން" އެވެ. މިއީ ވަރަށް މަދުން ފެންނަ، ރީތި މަންޒަރެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS