ދުނިޔެ

އިޒްރާއީލް ބަޔަކު ފަލަސްތީނުގެ ދެ ކުޑަކުދިން ވަގަށް ނަގައި ގަހެއްގައި އައްސައިފި

އިޒްރާއީލް ބަޔަކު ފަލަސްތީނުގެ ދެ ކުޑަކުދިން ވަގަށް ނަގައި ގަހެއްގައި އައްސައިފި

ފަލަސްތީނަށް ނިސްބަތްވާ ދެކުއްޖަކު ހިނގާލާފައި ދަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 07:59

25 އޭޕްރީލު 2025، 07:59

ވެސްޓް ބޭންކުގެ އުތުރުގައިވާ ނާބްލުސް ސިޓީ ކައިރީގައި އިޒްރާއީލް ބަޔަކު ފަލަސްތީނުގެ ދެ ކުޑަކުދިން ވަގަށް ނަގައި ގަހެއްގައި އައްސައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި، ނާބްލުސްގެ އިރުމަތީގައިވާ ބައިތު ފުރިކް ރަށުގެ އެތެރޭގައި ކުޅެމުންދިޔަ ކުދިންގެ ތެރޭގައެވެ.

13 އަހަރުގެ މަރްޔަމް އާއި 3 އަހަރުގެ އަޙްމަދު ވަގަށް ނަގައި، އެ ސަރަހައްދުން ދުރުގައިވާ ޒައިތޫނީ ގަހަކަށް އައްސާފައިވާކަމަށް ކުދިންގެ ބޮޑުބޭބެ މުޙައްމަދު ހަނާނީ މިޑްލް އީސްޓް އައިއަށް މައުލޫމާތު ދީފައިވެއެވެ. އޭނާ ބުނިގޮތުގައި އެ ރަށުގެ ބިމުގައި އަލަށް ޤާއިމުކޮށްފައިވާ އާބާދީއަކުން އައި ބަޔަކު މި ޢަމަލު ހިންގާފައިވަނީ އެ ކުދިން ގޭ ކައިރީގައި ކުޅެމުންދަނިކޮށެވެ.

"އަހަރެންގެ ދެ ކުޑަ އަންހެން ދަރިން އައީ ރޮމުން ހަޅޭއްލަވަމުން. އެހެންވީމާ އަހަރެމެން އެމީހުންގެ ފަހަތުން ދުއްވައިގަތީމު. ފަހުން ކުދިން ފެނުނީ ހޭނެތިފައި ގަހެއްގައި އައްސާފައި ތިއްބާ،" ހަނާނީ ބުނެފައިވެއެވެ. "އިސްރާއީލް މީހުން އޭޓީވީއެއްގައި އެމީހުންގެ އަވަށަށް ފިލައިގެން ގޮސްފައިވާތީ، އަހަރެމެން ކުދިން މޮހާލައިގެން އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީ."

މި ހާދިސާއިން ކުދިންނަށް ޖިސްމާނީ އަނިޔާއެއް ލިބިފައިނުވިނަމަވެސް، އެކުދިން ވަނީ ނަފްސާނީގޮތުން ބޮޑަށް ބިރުގަނެފައެވެ.

"މި ހާދިސާ ދުށް އަހަރެންގެ އަންހެން ދަރިފުޅު އަދިވެސް ގެއިން ބޭރަށް ނުކުތުމަށް އިންކާރުކޮށް، އަބަދު ރޮނީ،" ހަނާނީ ބުނެފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ފެށުމާއެކު އެ ރަށުގައި އަލަށް ޤާއިމުކުރި އާބާދީއަކުން ތަކުރާރުކޮށް ހަމަލާދެމުންދާއިރު، މި ރަށުގައި އުޅޭ އިސްރާއީލް މީހުން ކުޑަކުދިން ވަގަށް ނެގި ފުރަތަމަ ފަހަރަކީ މިއީ ކަމަށް ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ރައްޔިތުން ވަނީ ބޮޑަށް ކަންބޮޑުވެފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS