ވިޔަފާރި / ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަނެއްކާ ވެސް އިތުރުކޮށްފި

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަނެއްކާ ވެސް އިތުރުކޮށްފި

އެފެއްދުންތެރިކަމުގެ މައުރަޒު، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޭޕްރީލު 2025، 11:57

26 އޭޕްރީލު 2025، 11:57

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ. 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ހާމަކޮށްފައިޥާ ގޮތުގައި މި މުއްދަތު އެންމެ ފަހުން އިތުރުކޮށްފައި ވަނީ މިއަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. 



މި އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަނީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމަށް ވަރަށް ބޮޑަށް އަމާޒު ހިފާފައެވެ. މި މައުރަޒުގެ އެންމެހާ ކަންތައްތައް ކުރިޔަށްގެންދަނީ އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ބީސީސީއެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ކުރިން އޮތީ 24 އެޕްރީލްއާ ހިސާބަށެވެ. ނަމަވެސް ބީސީސީން ހާމަކޮށްފައިވާ ގޮތުހައި އެ މުއްދަތު އިތުރުކުރީ މައުރަޒުގައި ބައިވެރިވުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއެކު، ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށްކަމަށެވެ. 

މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލާފައިވާއިރު، މިހާތަނަށް މައުރަޒުގައި ބައިވެރިވުމަށް 256 ފަރާތަކުން 4415 ޕްރޮޑަކްޓް ހުށައަޅާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވިދާޅުވެފައިވެއެވެ. 

މި އަހަރުގެ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ކުރިން އޮންނަގޮތުން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ބައިވެރިކުރެވޭނީ 15 ބާވަތެއްގެ އުފެއްދުމެވެ.  

މި ލިޔުން ކިޔާލުމުން

Ads by MSS