ދުނިޔެ

އީރާނުގެ ބަނދަރެއްގައި އެއްޗެއްގޮއްވާލާ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

އީރާނުގެ ބަނދަރެއްގައި އެއްޗެއްގޮއްވާލާ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

އީރާނުގެ އެންމެ ތަރައްޤީވެފައިވާ ކޮންޓެއިނަރ ބަނދަރު ކަމުގައިވާ ޝަހީދު ރަޖާއީ ބަނދަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޭޕްރީލު 2025، 10:57

27 އޭޕްރީލު 2025، 10:57

އީރާނުގެ އެންމެ ތަރައްޤީވެފައިވާ ކޮންޓެއިނަރ ބަނދަރު ކަމުގައިވާ ޝަހީދު ރަޖާއީ ބަނދަރުގައި ހޮނިހިރު ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 8 މީހުން މަރުވެ، 750 މީހުންނަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގީ ބަނދަރުގައި ހުރި އެތައް ކޮންޓެއިނަރެއް ގޮއްވާލުމާ ގުޅިގެންނެވެ.

ސަރުކާރުގެ ޗެނަލްއަކުން ވާހަކަދައްކަމުން، އެ ސަރަހައްދުގެ ބަނދަރު އޮފިޝަލެއް ކަމަށްވާ އިސްމާއިލް މަލެކިޒާދާ ވިދާޅުވީ، "ގޮއްވާލުން ހިނގީ ޝަހީދު ރަޖާއީ ބަނދަރުގެ ވަކި ސަރަހައްދެއްގައި، އަދި މިހާރު އަޅުގަނޑުމެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން މިދަނީ" ކަމަށެވެ.

ޝަހީދު ރަޖާއީ ބަނދަރަކީ އީރާނުގެ ވެރިރަށް ޓެހުރާނުން 1000 ކިލޯމީޓަރު ދެކުނުގައި އޮންނަ ބަނދަރެކެވެ. މިއީ ހޯމުޒްގާން ޕްރޮވިންސްގެ ވެރިރަށް ބަންދަރު އައްބާސްއިން 23 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ބަނދަރެކެވެ. އަދި މިއީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯމުޒް ހަނިކަނޑުގެ އުތުރުގައި އޮންނަ ބަނދަރެކެވެ.

ހޯމުޒްގާން ރެޑް ކްރެސެންޓް ސޮސައިޓީގެ އިސްވެރިޔާ މުޚްތާރު ސަލާހްޝޫރު ވިދާޅުވީ، "ގޮއްވާލުން ހިނގުމާއެކު، ހަތަރު  ޓީމު ވަނީ އެ ސަރަހައްދަށް ފޮނުވިފައި" ކަމަށެވެ.

އެ ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިޔާ މެހްރްދާދް ހަސަންޒާދާ ސަރުކާރުގެ ޓެލެވިޜަނަށް ކަށަވަރުކޮށްދެއްވީ މި ހާދިސާ ހިނގީ އެތައް ކޮންޓެއިނަރެއް ގޮއްވާލުމާ ގުޅިގެން ކަމަށެވެ. "މިހާރު އަޅުގަނޑުމެން އަނިޔާވެފައިވާ މީހުން ސަލާމަތްކޮށް، ކައިރީގައި ހުރި ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން މިދަނީ"  އޭނާ އިތުރުކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS