Ads by Exprox

ޚަބަރު

އަނެއްކާވެސް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު ހައްޔަރުކޮށްފި!

އަނެއްކާވެސް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު ހައްޔަރުކޮށްފި!

އިމިގްރޭޝަންގެ ރެއިޑް ކުރިއަށްދަނީ. ފޮޓޯ: އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 03:13

26 އޯގަސްޓު 2024، 03:13

ހުލާސާ

އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް އެއްވެސް ސާފުތާހިރު ކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާއި ގުޅިގެން ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓު 24 ވަނަ ދުވަހު ހ.ބިއަންކާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. 

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. 

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޤަވާއިދާ ޚިލާފަށް އެއްވެސް ސާފުތާހިރު ކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާއި ގުޅިގެން ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޮގަސްޓު 24 ވަނަ ދުވަހު ހ.ބިއަންކާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަނުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. 

މީގެއިތުރުން އިމިގްރޭޝަނުން ބުނީ އިމިގްރޭޝަންގެ މިރެއިޑްގައިވެސް ކަމާއި ގުޅުންހުރި އެހެން މުއައްސަސާތަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެތަނުގައި ކުރަމުންދިޔަ ވިޔަފާއި ހުއްޓުވުމަށް ނޯޓީސް ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. 

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކޮށް ވިޔަފާރި ކުރަމުންދާ ބިދޭސީން ކަމާއިބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓް ކުރުމުގެ މަސައްކަތް އިމިގްރޭޝަނާއި ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ބޮޑެތި މަސައްކަތް ތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco