Ads by Aqeeqa Maldives

ޚަބަރު

މަޖީދިއްޔާ ސްކޫލްގެ މުވައްޒަފުންނަށް ޓީމް ބިލްޑިންގ ޙަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަޖީދިއްޔާ ސްކޫލްގެ މުވައްޒަފުންނަށް ޓީމް ބިލްޑިންގ ޙަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި

މަޖީދިއްޔާ ސްކޫލްގެ މުވައްޒަފުންނަށް ފުލުހުންގެ ޓީމް ބިލްޑިންގ ޙަރަކާތެއް/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޭޕްރީލު 2025، 07:09

27 އޭޕްރީލު 2025، 07:09

މަޖީދިއްޔާ ސްކޫލްގެ މުވައްޒަފުންނަށާއި މުދައްރިސުންނަށް ޓީމް ބިލްޑިންގ ޙަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، ހެންވޭރު ނެއިބަހުޑް ޕޮލިހާއި ސްޕެޝަލް ރެސްޕޮންސް އެންޑް ޑިވެލޮޕްމަންޓް ޔުނިޓްގެ ފުލުހުން ގުޅިގެންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދޭ ގޮތުގައި، މި ޙަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު އެއް މަޤަޞަދަކީ މުދައްރިސުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމެވެ. ހަމަ އެހެންމެ، މި ޙަރަކާތުގެ ދަށުން މުވާސަލާތްކުރުމުގެ ހުނަރު ތަރައްޤީކޮށް، އެކަކު އަނެކަކަށް އިތުބާރުކުރުމުގެ މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ކިޔާދެވިގެންދިޔަކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ޙަރަކާތަކީ މަޖީދިއްޔާ ސްކޫލު މުދައްރިސުންގެ މެދުގައި ޓީމްވޯކް އިތުރުކޮށް، ސްކޫލު މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ފަދަ ކާމިޔާބު ހަރަކާތެއްކަން އެ ސްކޫލުން ފާހަގަކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މިފަދަ ޙަރަކާތްތަކުގެ ސަބަބުން މުދައްރިސުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާވެގެން ދިޔަކަން އެ ސްކޫލުން ވަނީ ފާހަގަކޮށްފައެވެ. ހަމަ އެހެންމެ، މިފަދަ ޙަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިޔުުމަށް ޕްރިންސިޕަލާއި މުދައްރިސުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ޙަރަކާތުގައި ދަށުން މަޖީދިއްޔާ ސްކޫލްގެ މުދައްރިސުން ވަނީ އެކި ބާވަތުގެ ޓީމް ބިލްޑިންގ މަސައްކަތްތަކުގައި ޝާމިލުވެފައިކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS