ކުޅިވަރު
ބްރެސްޓްސްޓްރޯކް އިވެންޓުގެ 200 މީޓަރުގެ ޤައުމީ ރެކޯޑު ޙަމްނާ އާކޮށްފި

ޙަމްނާގެ އަތުގައި ގިނަ ރެކޯޑުތަކެއް އޮވޭ ---

ފަރުދުން
27 އޭޕްރީލު 2025، 08:44
27 އޭޕްރީލު 2025، 08:44
އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޙަމްނާ އަޙުމަދު އާކޮށްފިއެވެ.
ޙަމްނާ މި ރެކޯޑު އާކުރީ ހަންގޭރީގައި ކުރިއަށް ދިޔަ އެޤައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައެވެ.
އައިޝަތު ސާޖިނާގެ އަތުގައި އޮތް މި ރެކޯޑު ޙަމްނާ އާކޮށްފައިވަނީ 03:03.69 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވުނު 18 ވަނަ ފީނާ ވޯލްސްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 03:04.53 އިން ރޭސް ފުރިހަމަކޮށްގެން ސާޖިނާ ހަދާފައި އޮތް ރެކޯޑެކެވެ.
މި ރެކޯޑުގެ އިތުރުން އެހެން 12 ރެކޯޑެއް ވެސް ހަމްނާގެ އަތުގައި އޮވެއެވެ.
- އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް
- އަންހެނުންގެ ލޯންގް ކޯސް 4X200 ފްރީސްޓައިލް ރިލޭ
- އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް
- އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބެކްސްޓްރޯކް
- އަންހެނުންގެ ޝޯޓް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް
- އަންހެނުންގެ ޝޯޓް ކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް
- އަންހެނުންގެ ޝޯޓް ކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް
- އަންހެނުންގެ ޝޯޓް ކޯސް 4X100 މީޓަރު ފްރީސްޓައިލް ރިލޭ
- އަންހެނުންގެ ޝޯޓް ކޯސް 4X100 މީޓަރު މެޑްލޭ ރިލޭ
- ލޯންގް ކޯސް 4X100 މީޓަރު މެޑްލޭ މިކްސްޑް ރިލޭ
- ޝޯޓް ކޯސް 4X50 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ
- ޝޯޓް ކޯސް 4X50 މީޓަރު މެޑްލޭ މިކްސްޑް ރިލޭ