ދުނިޔެ

އިސްރާއީލުގެ ވައިގެ ހަމަލާތަކުން ޣައްޒާގެ 16 މީހުން ޝަހީދުވެއްޖެ

އިސްރާއީލުގެ ވައިގެ ހަމަލާތަކުން ޣައްޒާގެ 16 މީހުން ޝަހީދުވެއްޖެ

ޣައްޒާ އަށް ހަމަލާދިނުމުގެ ސަބަބުން ވީރާނާވެފައިވާ ސަރަޚައްދެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޭޕްރީލު 2025، 09:40

29 އޭޕްރީލު 2025، 09:40

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނެފައިވާ ގޮތުގައި، އިސްރާއީލުން ހޯމަ ދުވަހު ދިން ޖައްވީ ހަމަލާތަކުގެ ސަބަބުން މަދުވެގެން 16 މީހުން ވަނީ ޝަހީދުވެފައެވެ. މިހަމަލާ ދެވިފައިމިވަނީ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވާލާފައިވާތާ 50 ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު އޮތް ދެ މަހުގެ ހަނގުރާމަ ހުއްޓުމަކަށް އައުމަށްފަހު، މާރިޗު 18 ގައި އިސްރާއީލުން ވަނީ އަލުން ޣައްޒާއަށް ހަމަލާދޭން ފަށާފައެވެ. މި ހަނގުރާމަ އަލުން ފެށުނީ އިސްރާއީލާއި ހަމާސްއާ ދެމެދު ހުރި ބައެއް މައްސަލަތަކާ ގުޅިގެންނެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާއިން ބުނެފައިވާ ގޮތުގައި، އުތުރު ޣައްޒާގެ ޖަބާލިޔާގައި ހުރި އަބޫ މަހަދީ ޢާއިލާގެ ގެއަކަށް ދިން ހަމަލާއެއްގައި އެ ޢާއިލާގެ 8 މެންބަރުން ވަނީ ޝަހީދުވެފައެވެ.

މި ހަމަލާގައި އޭނާގެ އަޚް ޝަހީދުވި 67 އަހަރުގެ އަބްދުލް މަޖީދު އަބޫ މަހަދީ ބުނެފައިވަނީ، "އެމީހުން ހަމަހިމޭނުން ނިދާފައި ތިއްބާ މިސައިލްތައް އައިސް ޖެހުނީ... މި  މަންޒަރު ދެކުމުން ހަށިގަނޑު ތުރުތުރުއަޅައިގަނެއެވެ. ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންގެ  ހަށިގަނޑު ވަނީ ބައިބައިވެފައެވެ. މިއީ ވަރަށް ހިތާމަވެރި ކަމެއް، އެކަމަކު އަޅުގަނޑުމެންނަށް ކުރެވޭނީ ކޮން ކަމެއްތޯ؟" މިފަދައިންނެވެ.

އަދި ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުރި އަލް-އަޣާ ޢާއިލާގެ ގެއަކަށް ދިން އަނެއް ހަމަލާގައި 5 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، ޚާން ޔޫނިސްގެ ހުޅަނގުގައި ހުރި އަލް-ޝަފީއީ ކޭމްޕުގެ ޓެންޓަކަށް ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެފައިވާއިރު، ޣައްޒާ ސިޓީގެ ހުޅަނގުގައި ހުރި އަބޫ މާޒެން ރައުންޑްއަބައުޓް ކައިރީގައި ދިން ހަމަލާއެއްގައި އެކަކު ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އިސްރާއީލުގެ ސިފައިންގެ ފަރާތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

މި ދަނޑިވަޅުގައި، ޣައްޒާގައި ހަމާސްއިން ހިންގާ ސިއްހީ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިސްރާއީލުން މާރިޗު މަހު އަލުން ހަމަލާދޭން ފެށުމަށްފަހު މަދުވެގެން 2،222 މީހުން ވަނީ ޝަހީދުވެފައެވެ. މިއާއެކު މި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 52،314 އަށް އަރާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS