Ads by Exprox

ޚަބަރު

އާސަހަރާގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ: މޭޔަރ ޢާޒިމް

އާސަހަރާގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ: މޭޔަރ ޢާޒިމް

މޭޔަރ އާދަމް އާޒިމް އާސަހަރާގެ މަސައްކަތް ބައްލަވައިލައްވަނީ. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޯގަސްޓު 2024، 03:19

26 އޯގަސްޓު 2024، 03:19

ހުލާސާ

މަރާމާތައް ބަންދުކޮށްފައިވާ މާލޭ އާސަހަރާގެ މަރާމާތުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މަރާމާތުގެ މަސައްކަތާއި އެކު އާސަހަރާގެ މިސްކިތައް ޖާގަ އިތުރުވެގެންދާނެއެވެ.

އާސަހަރާގެ މަރާމާތުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މާލޭގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން އާޒިމް ވިދާޅުވީ، މިސްކިތުގެ މަސައްކަތް ނިމޭއިރު 3,200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެކަމަށެވެ.

ހަމައެއާއިއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ފާހަނާއަކާއި, އަންހެން ބޭފުޅުންނަށް ޚާއްސަ ފާހާނައަކާއި، ވުޟޫ ކުރާބަޔެއް އަދި ނަމާދު ކުރާ ބައެއްގެ އިތުރުން، ޖަނާޒާތަކަށް އަންނަ ފަރާތްތަކަށް މަޑުކޮށްލެވޭނެ، ޚާއްސަ ސަރަހައްދެއް ތަރައްގީ ކުރެވޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

https://twitter.com/adamazim/status/1827293262245482654

އާ ސަހަރާ މަރާމާތުކުރުމަށްޓަކައި މިދިޔަ އަހަރުގެ މެއި މަހު ނިޔާވާމީހުން ވަޅުލުމުގެ މަސައްކަތް ހުޅުމާލެއަށް ބަދަލުކުރެވުނެވެ. މެދުކެނޑިފައިވާ މަސައްކަތް ނިންމުމަށް އަލުން ހަވާލުކުރެވުނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. 



މި ލިޔުން ކިޔާލުމުން

Ads by Stelco