ދުނިޔެ

ޑޮކްޓަރުންނާއި ޖާނަލިސްޓުން ހިމެނޭހެން ހުޅަނގުއައްސޭރިން 22 މީހަކު ހައްޔަރުކޮށްފި

ޑޮކްޓަރުންނާއި ޖާނަލިސްޓުން ހިމެނޭހެން ހުޅަނގުއައްސޭރިން 22 މީހަކު ހައްޔަރުކޮށްފި

ހުޅަނގު އައްސޭރީގައި އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ރައްޔިތަކު ހައްޔަރުކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޭޕްރީލު 2025، 02:32

29 އޭޕްރީލު 2025، 02:32

ޑޮކްޓަރުންނާއި ޖާނަލިސްޓުން ހިމެނޭހެން އިޒްރާއިލް ސިފައިން، ހުޅަނގުއައްސޭރިން 22 މީހަކު ހައްޔަރުކޮށްފިއެވެ.

އިޒްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި ފަލަސްތީނުގެ ހަ މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ޑޮކްޓަރު ޝައިމާ އަބޫ ޣާލީ އާއި ނޫސްވެރިޔާ އަލީ އަލް ސަމޫދީ ހިމެނެ އެވެ.

 

އިޒްރާއިލް ސިފައިން ފަލަސްތީނުގެ ބައިތުލްމަޤްދިސްގެ ބެއިތު ފަޖާރު ޓައުންގައި ހަތަރު މީހަކު ހައްޔަރުކޮށް، ހެބްރޫން ގަވަރުނަރޭޓުން ހަތަރު މީހަކު، ނަބްލޫސް ސިޓީން ދެ މީހަކު، ސަލްފިޓް ގަވަރުނަރޭޓުން ހަތަރު މީހަކު، އެލް ބިރޭހް ސިޓީން އެކަކު އަދި ގަލްކިލިޔާ ސިޓީން އެކަކު ހައްޔަރުކޮށްފަ އެވެ.

މީގެއިތުރުންހުޅަނގު އައްސޭރީގެ މަސާފަރު ޔައްޓާގައި ފަލަސްތީނުގެ 13 މީހެއްތިބި ގެއެއް އިޒްރާއިލް ސިފައިން ތަޅާލާފައިވާ ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ.

ވަފާ ނޫސް އެޖެންސީއާ ހަވާލާދީ އެކްޓިވިސްޓް އުސާމާ މަޚަމްރޭހާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ބުލްޑޯޒަރާއި އެހެނިހެން ހަތިޔާރާއި އިޒްރާއީލުގެ ސިފައިން ވަނީ ދެކުނުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދެއް ކަމަށްވާ މަސާފަރު ޔައްޓާގެ އަލް ޒްވެއިދީން އަވަށުގައި ހުރި ދެ ބުރީގެ ގެއެއް ތަޅާލާފައި ކަމަށެވެ. އެގޭގައި 13 މީހުން ދިރިއުޅެމުން އަންނަ ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިޒްރާއީލުގެ އަސްކަރިއްޔާއިން އެ ސަރަހައްދު ޓްރެއިނިން ޒޯނަކަށް ބަދަލުކުރަން ބޭނުންވާތީ މަސާފަރު ޔައްޓާއަށް ތަކުރާރުކޮށް ވަދެ ގެދޮރުތަކަށް ގެއްލުންދީފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS