ދުނިޔެ

ރޯވެފައިވާ އަލިފާނާއި އެކު އިޒްރާއިލުން އެމަރޖެންސީ ޙާލަތު އިޢުލާނުކޮށް ޔޫރަޕުގެ ޤައުމުތަކުގެ އެހީއަށް އެދިއްޖެ

ރޯވެފައިވާ އަލިފާނާއި އެކު އިޒްރާއިލުން އެމަރޖެންސީ ޙާލަތު އިޢުލާނުކޮށް ޔޫރަޕުގެ ޤައުމުތަކުގެ އެހީއަށް އެދިއްޖެ

ޖަންގަލީގެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 މޭ 2025، 12:01

01 މޭ 2025، 12:01

ރޯވެފައިވާ އަލިފާނާއި އެކު އިޒްރާއިލުން އެމަރޖެންސީ ޙާލަތު އިޢުލާނުކޮށް ޔޫރަޕްގެ ޤައުމުތަކުގެ އެހީއަށް އެދިއްޖެއެވެ. 

ގުދުސް ކައިރީގައި އޮންނަ ޖަންގަލީގެ ސަރަހައްދުގައި އަނދަމުންދާ އަލިފާނުގެ ހާދިސާތަކުގެ ވީޑީއޯތައްވެސް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު ގުދުސް އިން ތެލް އަވީވް އަށް ދާން އޮންނަ މައި މަގުގައި އަލިފާން ރޯވެ، ވަށައިގެންވާ ފަރުބަދަތަކުގެ މައްޗަށް ބޯ ދުންއަރަމުންދާ މަންޒަރު ފެނެއެވެ.

ސޯޝަލް މީޑިއާއިން ފެންނަ މަންޒަރުތަކުން އެތައް ބަޔަކު ދުއްވަމުންދިޔަ ކާރު ދޫކޮށްލާފައި ހަލުވިކަމާއިއެކު ފެތުިރެމުންދިޔަ އަލިފާންގަނޑުން ފިލައިގެން ދާތަންފެނެއެވެ. މަދުވެގެން ދިހަވަރަކަށް މީހުން އަލިފާނުގެ ސަބަބުން ލިބުނު އަނިޔާއަށް ފަރުވާހޯދުމަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

މިއީ ފަހަރެއްގައި އިޒްރާއިލްގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ކަމަށް ވެދާނެ ކަމަށް ގުދުސްގެ ޑިސްޓްރިކްޓް ފަޔަރ ޑިޕާޓްމަންޓުގެ ކޮމާންޑަރު ޝްމުލިކް ފްރީޑްމަން ބުދަ ދުވަހުގެ މެންދުރު ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.

އޭނާގެ ވާހަކައިގައި އިތުރަށް ބުނެފައިވަނީ އިންޒާރު ގަޑިއަކު 60 މޭލު ބާރުމިނުގައި ވައިޖެހުމުންދާތީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އުންދަގޫވެ ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި އަލިފާނުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އަދި އަލިފާން ގަނޑު ކޮންޓްރޯލް ކުރަން އުނދަގޫ ވާނެ ކަމަށާއި ކޮންޓްރޯލް ނުކުރެވި ގިނަ ދުވަސްތަކެއް ވެދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ޖަންގަލީގެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ގުދުސްއަށް ފޯރާފާނެ ކަމުގެ އިންޒާރު ދީފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS