ދުނިޔެ

ޔަމަނުގެ ހޫތީން އިޒްރާއިލްގެ އެއަރޕޯޓަކަށް ހަމަލާއެއްދީފި

ޔަމަނުގެ ހޫތީން އިޒްރާއިލްގެ އެއަރޕޯޓަކަށް ހަމަލާއެއްދީފި

ހަމަލާއަށް ފަހު އިޒްރާއިލް އެއަރޕޯޓް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 މޭ 2025، 03:57

04 މޭ 2025، 03:57

ޔަމަނުގެ ހޫތީން އިޒްރާއިލްގެ އެއަރޕޯޓަކަށް ހަމަލާއެއްދީފިއެވެ. 

ޓެލެގްރާމްގައި ނެރުނު ބަޔާނެއްގައި ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވެފައިވަނީ އެ ޖަމާއަތުން މިއަދު ހެނދުނު ތެލްއަބީބއގެ ބޭރުގައި އޮންނަ ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް "ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް" ހަމަލާއެއް ދީފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހަމަލާ "ކާމިޔާބުކަމާއެކު އަމާޒަށް ވާސިލް ވެފައިވާ ކަމަށެވެ. އަދި  ބައިނަލްއަޤްވާމީ އެއާލައިންތަކަށް އެއަރޕޯޓުން ރައްކާތެރި ނޫން ކަމަށާއި، އެއަރޕޯޓަށް ފްލައިޓްތައް ނުޖެއްސުމަށް ވަނީ ގޮވައިލައިފައެވެ.

ހޫތީން މި ހަމަލާ ދިނީ އިޒްރާއިލްގެ ހަމަލާތަކުގެ އަމާޒަކަށް ހަދައިފައިވާ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާއި އެކުގައި ތިބިކަން އަންގައިދީ ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ "ނަސްލު ނައްތާލުމުގެ ޖަރީމާ" އާ ދެކޮޅަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިޒްރާއިލްގެ އެމަރޖެންސީ ޚިދުމަތާ ހަވާލާދީ ޓައިމްސް އޮފް އިޒްރާއީލް ނޫހުން ބުނެފައިވަނީ ބެން ގުރިއަން އެއާޕޯޓަށް ދިން މިސައިލް ހަމަލާގައި ހަ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

މިހަމަލާގެ ޒިންމާ ހޫތިން ނަގައިފައިވާއިރު ހަމަލާގެ ބަދަލުގައި ވަރުގަދަ ހަމަލާއެއް ދޭނެކަމަށް އިޒްރާއިލުން މިހާރުވަނީ ބުނެފައެވެ. އިޒްރާއިލްގެ ޑިފެންސް މިނިސްޓަރު އިޒްރާއިލް ކަޓްޒް ބުނެފައިވަނީ އެމީހުންނަށް ހަމަލާއެއް ދީފިނަމަ އެއަށްވުރެ ބާރުގެ ގޮތުން ހަތްގުނަ ވަރުގަދަ ހަމަލާއެެއް ދޭނެކަމަށެވެ. 

 

މި ލިޔުން ކިޔާލުމުން

Ads by MSS