ދުނިޔެ

ޖީމެއިލް އެކައުންޓްތަކަށް އަމާޒުކޮށް ހިންގޭ ފިޝިންގ ހަމަލާތައް އިތުރުވުމާ ގުޅިގެން ގޫގުލްއިން ސަލާމަތީ އިންޒާރެއް

ޖީމެއިލް އެކައުންޓްތަކަށް އަމާޒުކޮށް ހިންގޭ ފިޝިންގ ހަމަލާތައް އިތުރުވުމާ ގުޅިގެން ގޫގުލްއިން ސަލާމަތީ އިންޒާރެއް

ޖީމެއިލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 މޭ 2025، 04:40

04 މޭ 2025، 04:40

ޖީމެއިލް އެކައުންޓްތަކަށް އަމާޒުކޮށް ހިންގޭ ފިޝިންގ ހަމަލާތައް އިތުރުވަމުން ދިއުމާ ގުޅިގެން ގޫގުލްއިން އެ ކުންފުނީގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް ސަލާމަތީ އިންޒާރެއް ދީފިއެވެ. މި އިންޒާރާ ގުޅިގެން ޖީމެއިލް ބޭނުންކުރާ ފަރާތްތަކުން ވަގުތުން އެކައުންޓްތައް އަޕްގްރޭޑް ކުރުމަށް ގޫގުލްއިން އިރުޝާދު ދީފައިވެއެވެ.

2025 ވަނަ އަހަރު އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ބޭނުން ހިފައިގެން ހިންގޭ ފިޝިންގ ހަމަލާތައް ދެނެގަތުމަށް އިތުރަށް ދަތިވެފައިވާ ކަމަށް ސައިބަރ ސެކިއުރިޓީ ދާއިރާގެ މާހިރުން ވަނީ އިންޒާރު ދީފައެވެ. މި ހަމަލާތަކުން ރައްކާތެރިވުމަށް ޖީމެއިލް ބޭނުންކުރާ ފަރާތްތަކުން ވަގުތުން ފިޔަވަޅު އަޅަންޖެހޭ ކަމަށް  އެ ފަރާތްތަކުން ބުނެއެވެ.

ސައިބަރ ސެކިއުރިޓީ ކުންފުނި ޗެކް ޕޮއިންޓުން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެންމެ ގިނައިން ފިޝިންގ ހަމަލާތައް އަމާޒުކުރެވެނީ ގޫގުލްއަށެވެ. އޭގެ ފަހަތުން އެންމެ ގިނައިން އަމާޒުކުރެވެނީ މައިކްރޯސޮފްޓަށެވެ. މި ހަމަލާތަކުގެ މަޤްޞަދަކީ ޖީމެއިލް ބޭނުންކުރާ ފަރާތްތަކުގެ  ލޮގިން މަޢުލޫމާތު ވަގަށް ނެގުމެވެ.

ގޫގުލްއިން ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި އެ ކުންފުނިން އެއްވެސް ހާލެއްގައި ޕާސްވޯޑް ރީސެޓް ކުރުމަށް ނުވަތަ ސެކިއުރިޓީ މައްސަލައެއް ހައްލުކުރުމަށް ފޯނުން ގުޅައި ނުވަތަ އީމެއިލް ކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން ގޫގުލްގެ ނަމުގައި ގުޅައި ލޮގިން މަޢުލޫމާތު ހޯދަން އުޅޭނަމަ އެއީ ފޭރުމެއް ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

ޖީމެއިލް އެކައުންޓް ރައްކާތެރިކުރުމަށް އެއް ގޮތަކީ ޕާސްކީތަކަށް އަޕްގްރޭޑް ކުރުމެވެ. ޕާސްވޯޑްތަކާ ޚިލާފަށް ޕާސްކީތަކުން ހަރުދަނާ ރައްކާތެރިކަމެއް ލިބޭ ކަމަށާއި، ފިންގަރޕްރިންޓް، މޫނުގެ ސްކޭން ނުވަތަ ޑިވައިސް ލޮކް ބޭނުންކޮށްގެން ސައިން އިން ކުރެވޭނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

ގޫގުލްއިން މިހާރުވެސް ބެކަޕެއްގެ ގޮތުގައި ޕާސްވޯޑް ބޭނުންކުރުމުގެ ފުރުސަތު ދެއެވެ. ނަމަވެސް ޕާސްވޯޑް އަޕްޑޭޓްކޮށް، އިތުބާރުކުރެވޭ ޑިވައިސްއެއް ނުވަތަ އެޕެއް ބޭނުންކޮށްގެން ޓޫ-ފެކްޓަރ އޮތެންޓިކޭޝަން އެނެބަލް ކުރުމަށް ގޫގުލްއިން އިރުޝާދު ދީފައިވެއެވެ.



                    

މި ލިޔުން ކިޔާލުމުން

Ads by MSS