ސައިންސް

ދުނިޔޭގެ އެންމެ ބާރުގަދަ ސޯލާ ޓެލެސްކޯޕުން އިރުގެ އާދަޔާ ޚިލާފު މަންޒަރެއް ހާމަކޮށްފި

ދުނިޔޭގެ އެންމެ ބާރުގަދަ ސޯލާ ޓެލެސްކޯޕުން އިރުގެ އާދަޔާ ޚިލާފު މަންޒަރެއް ހާމަކޮށްފި

އިރުގެ ތަފްސީލީ ފޮޓޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 11:57

05 މޭ 2025، 11:57

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ސޯލާ ޓެލެސްކޯޕުން އިރުގެ ފުރަތަމަ ފޮޓޯ ދައްކާލައިފިއެވެ. މި ފޮޓޯއިން އިރުގެ ތަފްސީލީ މަންޒަރުތަކެރުތަކެއް ފެންނަން ހުރިކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިނޯއެ ސޯލަރ ޓެލެސްކޯޕުން ނަގާފައިވާ ތްރީޑައިމެންޝަނަލް ފޮޓޯއިން އިރުގެ ސަތަހައިގެ އެންމެ ކައިރި މަންޒަރު ފެންނަން ހުރިކަމަށް ވެއެވެ. މި ފޮޓޯއިން ބޮޑެތި އަނދިރި ސަންސްޕޮޓްތައް ފެންނަން ހުރެއެވެ. މީގެ ތެރެއިން ބައެއް ސަންސްޕޮޓްތަކަކީ ބައްރުތަކާ އެއްވަރުގެ ބޮޑެތި ސަންސްޕޮޓްތަކެކެވެ. މި ފޮޓޯ ނަގާފައިވަނީ ކޮންމެ ޕިކްސެލްއަކަށް 10 ކިލޯމީޓަރުގެ ރިޒޮލިއުޝަނެއްގައެވެ.

މި ފޮޓޯއިން ސައިންޓިސްޓުންނަށް އިރުގެ ނުރައްކާތެރި މޫސުމީ ބަދަލުތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެމެރިކާގެ ހަވާއީ ސްޓޭޓުގައި ޤާއިމުކޮށްފައިވާ މި ޓެލެސްކޯޕަކީ ދުނިޔޭގެ އެންމެ ބާރުގަދަ ސޯލާ ޓެލެސްކޯޕު ކަމަށް ބެލެވެއެވެ. މި ޓެލެސްކޯޕުން އިރު ވަރަށް ކައިރިން އަދި ތަފްސީލުކޮށް ބެލުމުގެ ޤާބިލުކަން ލިބިގެންވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS