ޚަބަރު
ހއ.އަތޮޅުން ވ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި!
މޫސުން ގޯސްދުވަހެއްގައި ކަނޑުމަތީގައި ދޯންޏެއް ދުއްވަނީ. ފޮޓޯ: އިންޓަރނެޓް
ހއ. އަތޮޅުން ފެށިގެން ވ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލުނެރެފިއެވެ.
މެޓްއޮފީހުން ނެރެފައިވާ ރީނދޫ ސަމާލުގައި ބުނެފައިވަނީ މިއަދުގެ 14:00 އާއި 18:00 އާއި ދެމެދު ހއ.އަތޮޅާއި ވ.އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށްެވެސް މެޓް އޮޮފީހުން ވަނީ ބުނެފައެވެ.
Alert yellow for strong winds extended. pic.twitter.com/sjrLFUc69Q
— Maldives Meteorology (@MetMaldives) October 7, 2024
މިރީނދޫ އެލާޓްގެ އިތުރުން މިއަދުގެ ހެނދުގެ ވަގުތެއްގައި ލ.އަތޮޅުން އައްޑޫ ސިޓީއަށް ހުދުސަމާލު ވަނީ ނެރެފައެވެ. އަދި ހއ.އަތޮޅުން އދ.އަތޮޅަށް ރީނދޫ ސަމާލުވެސް ވަނީ ނެރެފައެވެ.
އިއްޔެ މެޓް އޮފީހުންވަނީ އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ފަސްދުވަހު މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.