Ads by Aqeeqa Maldives

ޚަބަރު

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

05 މޭ 2025، 04:18

މަސްތުވާތަކެއްޗާއި އެކު 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިލިނގިލި / ވ. ޝިވިލްގޯ، ޢަބްދުﷲ ފާރިޝް (36އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލިން ކަމަށް ފުލުހުން މަޢޫލޫމާތުދެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ވިލިނގިލީގައި މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިމަހުގެ 3 ވަނަ ދުވަހުގެ ވަޤުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS