Ads by Aqeeqa Maldives

ޚަބަރު

ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމުގެ ތުހުމަތާއި ގުޅިގެން އަށްމީހުން ހައްޔަރުކޮށްފި

ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމުގެ ތުހުމަތާއި ގުޅިގެން އަށްމީހުން ހައްޔަރުކޮށްފި

ހއ ބާރަށް ފޮޓޯ: ވަރޗުއަލް ޓުއަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 މޭ 2025، 05:04

05 މޭ 2025، 05:04

ހއ. ބާރަށުގައި ސިހުރު ހާހޫރު ހަދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުމާ ގުޅިގެން، 2025 މެއި 5 ވަނަ ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެއްގައި އެރަށުގެ 8 ތަނެއް ބަލައިފާސްކޮށް، މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތުހުމަތުގައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު އެމީހުންވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި ފުލުހުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސިހުރު ހާހޫރު ހެދުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް މަނާކުރެވިފައިވާ ކަމެއް ކަމަށާއި، މިފަދަ ޢަމަލުތަކަކީ ޤާނޫނީ ގޮތުން ވެސް ކުށެއް ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. 
                    

މި ލިޔުން ކިޔާލުމުން

Ads by MSS