ދުނިޔެ

ސަންޢާއަށް ދިން ހަމަލާގެ ޖަވާބަށް ހަމަލާއެއް ނުދީ ނުތިބޭނަން: ހޫތީން

ސަންޢާއަށް ދިން ހަމަލާގެ ޖަވާބަށް ހަމަލާއެއް ނުދީ ނުތިބޭނަން: ހޫތީން

ސަންޢާ އަށް މިއަދު އިޒްރާއިލުން ދިން ހަމަލާ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 މޭ 2025، 10:02

06 މޭ 2025، 10:02

ޔަމަންގެ ސަންޢާއަށް ދިން ހަމަލާގެ ޖަވާބުގައި ހަމަލާއެއް ނުދީ ނުތިބޭނެކަމަށް ހޫތީން ބުނެފިއެވެ. 

ހޫތީންގެ ޕޮލިޓިކަލް ބިއުރޯއިން ނެރުނު ބަޔާނެއްގައި އިޒްރާއިލުން ސަންޢާގެ އެއަރޕޯޓަށާއި ބަނދަރުރަކާއި ސިމެންތި ފެކްޓްރީއަކާއި އިންޖީނުގެއަކަށް އަމާޒުކޮށްދިން ހަމަލާކުށްވެރިކޮށްފައިވެއެވެ.

ހޫތީން އިތުރަށް ބުނީ އިޒްރާއީލާއި އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތަކަށް "ޖަވާބެއް ނުލިބި ނުދާނެ ކަމަށާއި ޣައްޒާއަށް ދޭ ތާއީދު ކުރިއަށް ގެންދިއުމަށް ޔަމަނުން ފަސްނުޖެހޭނެ" ކަމަށެވެ.

މީގެއިތުރުން، ހޫތީން ބުނެފައިވަނީ އިޒްރާއީލަށް އަދި ރަތް ކަނޑުގައި އުޅަނދުތަކަށް ދޭ ހަމަލާތަކުގެ މަޤްސަދަކީ ޣައްޒާގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރާއިލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުމަށް ޕްރެޝަރ ކުރުން ކަމަށެވެ.

ޔަމަނުގެ ނޫސްވެރިޔާ ހުސައިން އަލް ބުޚައިތީއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކުރާ ގޮތުގައި ހޫތީން ވަނީ ކުރިއަށް އޮތް ގަޑިތަކުގައި އިޒްރާއީލުގެ އެއާޕޯޓްތަކަށާއި ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށްގެން އާ މިސައިލް ހަމަލާތަކެއް ދީ، އިޒްރާއިލްގެ ހަމަލާތަކަށް ރައްދު ދިނުމަށް ވައުދުވެފައެވެ.

އެގޮތުން ބެން ގުރިއަން އެއާޕޯޓް އަމާޒަކަށް ހަދާނެ ކަމަށް ހޫތީން  އިއުލާންކޮށް، އެ އެއާޕޯޓް ބޭނުން ނުކުރުމަށް އެއާލައިންތަކަށް އިންޒާރު ދީފައި ވާކަމަށް އަލް ބުޚައިތީ އަލްޖަޒީރާއަށް ބުނެފައިވެއެވެ.

މީގެއިތުރުން މިއިންޒާރަށްފަހު ހަމަލާގެ ސަބަބުން އެހެން ޤައުމެއްގެ އެއަރލަައިނެއްގެ އުޅަނދަކަށް ލިބޭ ގެއްލުމެއްގެ ޒިންމާނުނަގާނެ ކަމަށް ހޫތީން ވަނީ ބުނެފައެވެ.

ހޫތީން އިޒްރާއިލްގެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދޭ ހަމަލާތަކުގައި "ދިހަވަރަކަށް ބެލިސްޓިކް މިސައިލް، ޑްރޯން، އަދި ކްރޫޒް މިސައިލް" ހިމެނިދާނެ ކަމަށް ވެސް އަލް ބުހައިތީ ބުނެފައިވެއެވެ.

މިއަދު ސަންޢާގެ އެއަރޕޯޓަށް އިޒްރާއިލުން ދިން ހަމަލާއަކީ ހޫތީން ތަލްއަބީބްގެ މައި އެއްއެއަރޕޯޓަށް ދިން ހަމަލާގެ ޖަވާބެއްގެ ގޮތުން އިޒްރާއިލުން ދިން ހަމަލާއެކެވެ. މިއަދު ސަންޢާ އަށް ހަމަލާ ދިނުމުގެ ކުރިން އިއްޔެވެސް ޔަމަނުގެ ހޮދައިދާ ބަނދަރަށް ވަނީ ހަމަލާދީފައެވެ. 

ހޫތީން ބުނެފައިވަނީ ޣައްޒާގައި އިޒްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓާލާއި ޣައްޒާއަށް އެހީގެ ޓްރަކްތައް އެއްވެސް ހުރަހެއް ނެތި ވެއްދޭނެ މަގު ތަނަވަސްކޮށްނުދެނިސް އިޒްރާއިލަށް ދޭ ހަމަލާތަަށް ހުއްޓާނުލާނެ ކަމަށެެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS