ދުނިޔެ / ވިޔަފާރި

ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް "ސޭފް ރިޓަރން" ގެ ނަމުގައި ޓެކްނޮލޮޖީއެއް ތަޢާރަފުކޮށްފި

ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް "ސޭފް ރިޓަރން" ގެ ނަމުގައި ޓެކްނޮލޮޖީއެއް ތަޢާރަފުކޮށްފި

"ސޭފް ރިޓަރން" ސްވިޗް ފޮޓޯ:ސީއެންއެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 މޭ 2025، 01:07

07 މޭ 2025، 01:07

ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އައު ޓެކްނޮލޮޖީއެއް ތަޢާރަފުކޮށްފިއެވެ. މި ޓެކްނޮލޮޖީ ތަޢާރަފުކޮށްފައިވަނީ ސިރަސް އެއަރކްރާފްޓް ކުންފުނިންނެވެ.

"ސޭފް ރިޓަރން" ގެ ނަމުގައި ތަޢާރަފުކޮށްފައިވާ މި ޓެކްނޮލޮޖީއަކީ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފް.އޭ.އޭ) އިން ހުއްދަ ދީފައިވާ، އަމިއްލައަށް މަސައްކަތްކުރާ ސަލާމަތީ ނިޒާމެކެވެ. މި ނިޒާމުގައި އެބޯޓުތަކުގައި ބޭނުންކޮށްފައިވަނީ  ސިރަސްގެ އެސް.އާރު ސީރީޒް ޖީ7+ މޮޑެލްގެއިންޖީނެވެ.

ސިރަސްގެ ސޭލްސް އެންޑް މާކެޓިންގ ސީނިއަރ ވައިސް ޕްރެޒިޑެންޓް ބެން ކޮވަލްސްކީ ވިދާޅުވި ގޮތުގައި މި ނިޒާމު މަސައްކަތްކުރާ ގޮތް ވަރަށް ފަސޭހައެވެ. ކުއްލި ހާލަތެއްގައި ބޯޓުގެ ފަހަތުގައި ހަރުކޮށްފައިވާ ރަތް ފިތައް އެއް ފަހަރު ފިތާލުމުން، ބޯޓު އަމިއްލައަށް އެންމެ ކައިރީގައިވާ ރަންވޭއަކަށް ދަތުރުކޮށް، އެތަނުގައި ޖައްސާލާނެއެވެ.

"މި ނިޒާމު އެންމެ ފުރަތަމަ ނިންމާނީ ކޮން ރަންވޭއަކަށްތޯ ދާނީ. އޭގެ ފަހުން ޕައިލެޓެއް ނިންމާނެ ފަދައިން ހުރިހާ ކަމެއް ނިންމާނީ މި ނިޒާމުން،" ކޮވަލްސްކީ ވިދާޅުވިއެވެ.

މި ނިޒާމު މެދުވެރިކޮށް ބޯޓު ޖެއްސުމުގެ ކުރިން، ބޯޓުގެ ތެލުގެ މިންވަރާއި، މޫސުމާއި، ވައިގެ ހާލަތު ފަދަ ކަންކަން ވެސް ދެނެގަނެއެވެ. އަދި އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ވެސް ބޯޓުގެ ކުއްލި ހާލަތުގެ މަޢުލޫމާތު ދެއެވެ.

ސިރަސްގެ އެސް.އާރު ސީރީޒް ޕްރޮޑަކްޓް ލައިންގެ އެގްޒެކެޓިވް ޑިރެކްޓަރު އައިވީ މެކްއައިވަރ ވިދާޅުވި ގޮތުގައި މި ނިޒާމަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އިތުރު މީހުން ބައިވެރިވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

"އަހަރަކު 600 އަށް ވުރެ ގިނަ ބޯޓު އަޅުގަނޑުމެން އުފައްދަން. މިހާރު މި ހުރިހާ ބޯޓެއްގައި ވެސް މި ރަތް ފިތް ހުންނާނެ،" މެކްއައިވަރ ވިދާޅުވިއެވެ.

ސިރަސްއިން ބުނާ ގޮތުގައި މި ކުންފުނީގެ ބޯޓުތައް ގަންނަނީ ގިނައިން ވިޔަފާރިވެރިންނެވެ. އަދި މި ބޯޓުތައް ބޭނުންކުރަނީ އެ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS